ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 09:30
ކޮރޯނާވައިރަސް ފެތުރެން ފެށި ވޫހަން ސިޓީގެ މަގެއް
ކޮރޯނާވައިރަސް ފެތުރެން ފެށި ވޫހަން ސިޓީގެ މަގެއް
އޭއެފްޕީ
ކޮރޯނާވައިރަސް
ކޮރޯނާ ވައިރަސް: ވޫހާން ގައި ތިބި ނޭޕަލް މީހުން ނެރެނީ
180 މީހުން އެބަތިބި: ނޭޕާލް
ނޭޕާލު އެކަކަށް ބަލި ޖެހުނު
ކަރަންޓީނު ކުރާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން

ކޮރޯނާވައިރަސް ފެތުރުން ފެށި މައި މަރުކަޒު ވޫހަން ސިޓީގައި ތިބި ނޭޕާލުގެ 180 ރައްޔިތުން ޗައިނާއިން ނެރުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޕާލް ސަރުކާރާއި ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވޫހާން ގައި ތިބި އެ ގައުމުގެ ރައްޔިތުން ބަލައި ޗާޓަރު ފްލައިޓެއް ކުރިޔަށް އޮތް ދުވަސްތަކުގައި ފޮނުވަން ވަނީ ހަމަޖެހިފައެވެ.

އެގޮތުން 180 މީހުން ނޭޕާލަށް އަނބުރާ ގެނައުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ މެދުތެރޭގައި ކަމަށް ނޭޕާލުގެ ސަރުކާރުން ވަނީ ހާމަކޮށްފައެެވެ. ގެންނަ މީހުން ކަރަންޓީނު ކުރާނެ މަރުކަޒެއް ހަމަޖެއްސުމުގެ މަސައްކަތް ނޭޕާލު ސަރުކާރުން ދަނީ ކުރަމުންނެވެ. ދާދި ފަހުން ޗައިނާ އިން އައި ނޭޕާލްގެ ފަސް މީހަކު، ކޮރޮނާވައިރަސް އަށް ޝައްކު ކުރެވިގެން ވެރިރަށް ކަތަމްންޑޫގެ ހޮސްޕިޓަލުގައި އެޑްމިޓްކުރިއެވެ. އެ މީހުންގެ ތެރެއިން އެކަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އެ މީހާ މުޅިން ރަނގަޅު ވެފައިވާ ކަމަށް ނޭޕާލުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީން ހަލުވި ކަމާއި އެކު ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މިހާތަނަށް އެއްހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 44 ހާސް މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި މީހާތަނަށް މި ބައްޔަށް ވެކްސިން އެއް ހޯދިފައެއް ނުވެެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް