Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2020 | ބުދަ 01:39
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރިފައިވާއިރު، އުދަ އެރުމުގެ ފުރުސަތު އެބަ އޮތް
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރިފައިވާއިރު، އުދަ އެރުމުގެ ފުރުސަތު އެބަ އޮތް
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފި
އަންގާރަ ދުވަހުގެ ރޭގަނޑު 01:30 އިން 04:30 އަށް ވައިޓް އެލަރޓް ވަނީ ނެރިފައި
ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވެ, ކަނޑުތަށް ގަދަވާނެ
ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވޭ

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލަރޓް ނެރިފައިވާކަމަށާއި، އުދަ އެރުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

އެގޮތުން އަންގާރަ ދުވަހުގެ ރޭގަނޑު 01:30 އިން 04:30 އަށް ވައިޓް އެލަރޓް ވަނީ ނެރިފައެވެ.

Advertisement

އޭގެ އިތުރުން، ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ޞަރަޙައްދުގައި ވައި ގަދަވެ, ކަނޑުތަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް، ދަތުރަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، މުވާޞަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްޞަކޮށް ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ޙާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް