Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 22:25
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ޑީއަރްޕީ
ކައުންސިލް އިންތިޚާބުގައި ޑީއާރްޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފި
މިމަހުގެކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓް ހަވާލުކުރާނެ
ޓިކެޓްއާއެކު ކެންޕެއިން ފަންޑް ވެސް ހަވާލުކުރެވޭނެ
އިންތިޚާބު އޮތީ އޭޕްރީލްގެ 04 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފިއެވެ.

ޑީއާރްޕީން ބުނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ހުރިހާ ދާއިރާއަކަށް މެންބަރުން ނެރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

ޑީއާރްޕީން މިމަހުގެކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ޙަވާލުކުރަން ނިންމާފައިވާ ކަމަށާއި، ޓިކެޓާއެކު ކެންޕެއިން ފަންޑް ވެސް ޙަވާލުކުރެވޭނެ ކަމަށެވެ.

ޑީއާރްޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އެޕާޓީން ހުޅުވާލީ މިދިޔަ ޑިސެންބަރުމަހުގެ ތެރޭގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕޭނުގެ މަސައްކަތް ބައެއް ޕާޓީތަކުގެ ކެންޑިޑޭޓުން އަންނަނީ ކުރަމުންނެވެ. އެގޮތުން އެމްޑީޕީ އަދި ޕީޕީއެމުން ވަނީ ޕްރައިމަރީ ބާއްވާ ނިންމާފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން މިހާތަނަށް ތިން އިންތިޚާބެއް ބާއްވާފައިވާއިރު، އެެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއް ބާއްވާފައިވަނީ 5 ފެބްރުއަރީ 2011 ގައެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ ހަތަރު ވަނަ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބަކަށް ވާނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދެވި، އަދި މާލީ ބާރުވެރިކަން ޤާނޫނުގެ ދަށުން ފޯރުކޮށްދެވިފައިވާއިރު، ކައުންސިލްތަކުގެ ދައުރުވެސް ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނުއަސާސީއަށް ވެސް ބަދަލު ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް