ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 04:52
ރާއްޖޭ ގައުމީ ވޮލީ ޓީމުގެ ކޯޗު ޝަރަފް
ރާއްޖޭ ގައުމީ ވޮލީ ޓީމުގެ ކޯޗު ޝަރަފް
ވީއޭއެމް
އޭވީސީ ސެންޓްރަލް ޒޯން
ބަލިވީ ޕްރެޝާ ހޭންޑަލް ކުރަން ނޭނގުމުން، ޒިންމާ ނަގަން: ޝަރަފް
ޕްރެޝަރު ހޭންޑަލްކުރަން ބަރޯސާވާން ޖެހޭ ކުޅުންތެރިންނަށް އެކަން ނުކުރެވޭ: ޝަރަފް
ޕްރެޝަރު ހޭންޑަލްކުރަން ޓީމު ތައްޔާރުކުރެވިފައިނުވާ ކަަމަށް ގަބޫލުކުރަން: ޝަރަފް
ޓީމު ތެރޭގައި އެއްވެސް މައްސަލައެއް ނެތް، ހުރިހާ ކަމެއްވެސް ރަނގަޅު: ޝަރަފް

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ޕްރެޝާ ހޭންޑަލްކުރަން ނޭނގުމުން ކަމަށާއި، އެކަމުގެ ޒިންމާ ނަގާ ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝަރަފް ބުނީ ބަލިވީ ނިންމަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށާއި، ޕްރެޝަރު ހޭންޑަލްކުރަން ބަރޯސާވާން ޖެހޭ ކުޅުންތެރިންނަށް އެކަން ނުކުރެވޭ ކަމަށެވެ. އެގޮތުން އެކަމުގެ ޒިންމާ ނަގާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޝަރަފް ބުނީ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭއިރު، ކުޅުންތެރިން އެ ޕްރެޝަރު ހޭންޑަލްކުރަން ދަސްކުރަން ޖެހޭ ކަމަށާއި، ރާއްޖެ ކުޅުނު ދެ މެޗުންވެސް އެކަންތަކުރާރުވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އެކަމާ ކުރިމަތިލުމަށް އޭނާގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރެވުނުކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ޕްރެޝާ ހޭންޑަލްކުރަން ރާއްޖޭ ޓީމު ދަސްކުރަންޖެހޭ ކަމަށް ފާހަގަކުރަމުން ޝަރަފް ބުނީ އެކަމަށް ޓީމު ތައްޔާރުކުރެވިފައިނުވާ ކަމަށާއި، އެހެންނަމަވެސް އޭނާ ބުނީ މިއީ ރާއްޖޭ ސަޕޯޓަރުން ކުރިމަތީގައި ކުޅެން ޖެހުމުން ދިމާވާ މައްސަލައެއް ކަމަށެވެ. އެގޮތުން ޝަރަފް ބުނީ ރާއްޖެއިން ބޭރުގައި ޕްރެޝާ ހޭންޑަލްކުރަން އެނގޭ ކަމަށެވެ.

ޝަރަފް ބުނީ ސެޓްތައް ނިންމަން ފުރުސަތު ލިބޭ ގަޑީގައި ރާއްޖޭ ކުޅުންތެރިން އަބަދުވެސް ގޯސްތަކެއް ހަދާ ކަމަށާއި، އެކަންތައް އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ފަރާތުންވެސް ފެނިގެންދާ ކަމަށެވެ. އެގޮތުން އެކަންތައް ކުރިޔަށް އޮތް މެޗަށް ރަނގަޅުކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް