Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 15:05
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފި
އިންކުއަރީގެ މަޤްޞަދަކީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބިފައިވާ މިންވަރު ދެނެގަތުން
އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ފުލުހުންނަށް ތަހުގީގު ކުރެވިފައެއް ނުވޭ: ރިޕޯޓު
ފުލުހުންނަށް ހުށަހަޅާފައިވާ ގިނަ މައްސަލަތައް ތަޙްޤީޤުކުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވޭ

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ގުޅޭ މައްސަލަތަކުގެ މައްޗަށް ތައްޔާރުކުރި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވީ 74 މެންބަރުންނެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރުކަން ކުރައްވާ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކުގެ ގިނަ މައްސަލަތަކެއް ކޮމިޓީގެ ސަމާލު ކަމަށް އައުމާއި ގުޅިގެން ކަމަށް ޖީހާން ވިދާޅުވިއެވެ.

މި ޕާލިމަންޓަރީ އިންކުއަރީއަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބުމުގެ ޝަކުވާތައްތަކުރާރުކޮށް ކޮމިޓީއަށް ހުށަހެޅެމުން ދާތީ، ކޮމިޓީގެ އިސްނެގުމަށް ކުރިއަށްގެންގޮސްފައިވާ ދިރާސާއެކެވެ.

Advertisement

އެގޮތުން، ފުލުހުންނަށް މި ވޭތުވެދިޔަ 15 އަހަރު ހުށަހަޅާފައިވާމައްސަލަތަކުގެ ތެރެއިން %70.46 މައްސަލައިގެ ތަޙްޤީޤު ނިންމުމަށް 1 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ ކަން ވެސް ވަނީ ހާމަވެފައެވެ. މިއީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިގެންދާ ހުރަހެއް ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އަދި ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން އެއް ޑޭޓާބޭސްއެއް ބޭނުންކުރަމުން ނުދާކަން ކޮމިޓީއަށް ފާހަގަވެފައިވެއެވެ.

ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ކޮމިޓީން ވަނީ 4 ކަމެއް ހުށަހަޅާފައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކުގެ މައްސަލަތައް ތަހުޤީޤުކޮށް، އިންސާފުވެރި ޝަރީޢަތެއް ހިންގުމަށްޓަކައި އިންޓަރ-އޭޖެންސީ ސްޓޭންޑަރޑް އޮޕރޭޓިންގް ޕްރޮސީޖަރ އެއް އެކުލަވާލާ ޢަމަލު ކުރަން ފެށުމަށް ހުށަހަޅާފައިވެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނުގައި ބަޔާން ކުރާ "ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަރސަން އަޅާ ފިޔަވަޅުތައް ކޮމިޓީއާއި ހިއްސާ ކުރުމުގެ އިތުރުން ކަމާބެހޭ ހުރިހާ މުއައްސަސާއަކުން މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުމަށްވެސް ހުށަހަޅާފައިވެއެވެ.

އޭގެއިތުރުން، ކަމާބެހޭ މުއައްސަސާތަކުން އެފަދަ މައްސަލަތަކުގެ ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރތައް ޤަވާއިދުން މުރާޖަޢާކުރާނެ ނިޒާމެއް ޤާއިމު ކުރުމަށާއި މައްސަލަ އަވަސް ކުރުމަށްޓަކައި އެފަދަ މައްސަލަތައް ބަލަންވާނީ އެކަށީގެންވާ ތަމްރީނުތައް ލިބިފައިވާ ފަރާތްތަކުން ކަން ކަށަވަރު ކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް