Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 15:09
ޑޮކްޓަރ ޙުސައިން ނިޔާޒު
ޑޮކްޓަރ ޙުސައިން ނިޔާޒު
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
ޑޮކްޓަރ ޙުސައިން ނިޔާޒު މިޞްރަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ކަނޑައެޅުމަށް ރުހުން ދީފި
ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުން

މިޞްރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ނިޔާސާ، ޑޮކްޓަރ ޙުސައިން ނިޔާޒު، ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

ޑޮކްޓަރ ހުސައިން ނިޔާޒަށް ރުހުންދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާޤުންނެވެ.

Advertisement

ޑޮކްޓަރ ހުސައިން ނިޔާޒަކީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. މިމައްސަލަ ދިރާސާކޮށްފައިވަނީ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. މިމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީންވެސް ނިންމާފައިވަނީ ރުހުން ދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް