Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 14:01
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވަނީ ހުށަހަޅާފައި
ވޮއިސް އޮފް ޗިލްޑްރެން
ރައްޔިތުންގެ މަޖިލިސް
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި
ޕެޓިޝަން ހުށަހަޅާފައިވަނީ ވޮއިސް އޮފް ޗިލްޑްރެން އިން
ޕެޓިޝަންގައި 5 ކަމަކަށް ގޮވާލާފަވޭ

އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ހަރަކާތެއް ކަމަށްވާ "ވޮއިސް އޮފް ޗިލްޑްރެން" އިންނެވެ. މި ޕެޓިޝަންގައި ސޮއިކުރައްވާފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގޭ) އެވެ.

"ވޮއިސް އޮފް ޗިލްޑްރެން އިން" ބުނީ މި ޕެޓިޝަން އަކިީ ބުނީ ކުޑަ ކުދިންނަކީ ޙާއްސަ ރައްކާތެރިކަމެއް ލިބެންޖެހޭ ބަޔެއްކަމުގައިވީ ނަމަވެސް ޖިންސީ އަދި އެހެނިހެން އަނިޔާގެ ޝިކާރައަށް ކުޑަކުދިންނަށް ދައުލަތުގެ އަދި މުޖްތަމާޢުގެ ފަރާތުން ލިބެމުން ނުދާތީ އެ ކުދިން ހިމާޔަތްކުރުމަށްޓަކައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

އެގޮތުން، މި ޕެޓިޝަންގައި ފަސް ކަމަކަށް ގޮވާލާފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިން އަނިޔާތަކުން ރައްކާތެރިކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ އެ އިސްލާހުތައް ގެނަމަށާއި ކުޑަ ކުދިންނަށް އަނިޔާކުރުމުގެ ތުހުމަތު ކުރެވޭ މީހުން މޮނިޓަރކޮށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާއި ނުރައްކަލުގައި ދިރިއުޅޭ ކުޑަކުދިން ހިމާޔަތްކުރުމަށް ހަރުދާނަ ފިޔަވަޅު އެޅުމަށް ވެސް އެފަރާތުން ވަނީ ގޮވާލާފައެވެ.

Advertisement

މީގެއިތުރުން ކުޑަ ކުދިންނަށް ކުރާ އަނިޔާތަކުން ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިނގުމަށާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ އިސް ދައުރެއް އަދާކުރަންޖެހޭ މިނިސްޓަރުގެ މަގާމުގެ ޒިންމާ އަދާކުރެވޭ ވަރުގެ މިނިސްޓަރެއް އައްޔަނު ކުރުމަށް ވެސް ޕެޓިޝަންގައިވެއެވެ.

ޕެޓިޝަންގައި ކުރިން އެމަގާމުގައި ހުންނެވި ޝިދާތާ ޝަރީފް މަގާމުން ވަކި ކުރުމަށް ގޮވާލާފައިވެއެވެ. ޝިދާތާ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަގާމަށް ދާދިފަހުން ރައީސް ސޯލިހު ވަނީ އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރައްވާފައެވެ. އަދި އެކަމަނާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން ޕެޓިޝަންގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާޒް އެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަޒުލު ކުރުމަށާއި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާ ކަމަށްވާ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަން ހިންގުމާއި ހަވާލުވެގެން ހުންނެވި މުހައްމަދު ރިޔާޒްގެ މައްސަލަތައް ބަލާ ވަގުތުން ވަގުތައް ފިޔަވަޅުއަޅައި މަގާމުން ވަކި ކުރުމަށް ވެސް ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް