Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 12:47
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރޭ
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރޭ
ޔޫސުފް ސޮފްވާން ރަޝީދު
މޫސުން
ކުރިޔަށް އޮތް 48 ގަޑިއިރު މޫސުމަށް ސަމާލުވުމަށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފި
ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނޭ
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރާކަމަށް މެޓް އޮފީހުން ބުނޭ

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުންއެންމެހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރާކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރުއުތުރާއި އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް