ކ. މާލެ
|
11 ފެބްރުއަރީ 2020 | އަންގާރަ 11:59
13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު
13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު
އެފްއޭއެމް
ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް
13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ދުބާއީއަށް
ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް އޮންނާނީ މިމަހު 13-15 އަށް
މިއީ މިފަދަ މުބާރާތެއްގައި ޒުވާން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރު

"ވިޒިޓް މޯލްޑިވްސް ދުބާއީ އިންޓަނޭޝަނަލް ކަޕް" ގައި ވާދަކުރާ ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމު ދުބާއީއަށް ފުރައިފި އެވެ.

މިދިޔަ އަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއެކު ބޭއްވި ފުޓްބޯލް ފިއެސްޓާ އަށް ފަހު ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވަނީ މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރާނެކަން އިއުލާނުކޮށްފައެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ވަނީ ހަމަޖައްސާފައެވެ.

ދުބާއީގައި މި މަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް ދުބާއީއަށް ފުރާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މުބާރާތުގައި ވާދަކުރާ ޒުވާން ޓީމުގެ ކޯޗަކީ އިސްމާއިލް އާސިފު (ކުޑަ ހީނާ) އެވެ. މުބާރާތަށް ފުރުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހޫލޫފާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވަނީ ޒުވާން ޓީމާއި ބައްދަލުކުރައްވާފައެވެ.

މި މުބާރާތުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ބަޔާން މިޔުނިކާއި އިންޓަ މިލާނާއި އާސެނަލް އާއި ޕޯޓޯގެ އިތުން މިސްރާއި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ބައެއް އެހެން އެކެޑެމީތަކުންވެސް ވާދަކުރާނެއެވެ. މި މުބާރާތުގައި ރާއްޖެއާ އެއް ގުރޫޕަކަށް ލައްވާލީ އާސެނަލާއި ދުބާއީގެ އިތުރުން ސައުދީ އަރަބިއްޔާގެ އެކެޑަމީ ޓީމުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް