Advertisement
ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 03:46
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ފާރިސް ފުލުހުންގެ އިދާރާއަށް
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ތިން ދުވަހުގެ ތެރޭގައި ފަސް ފަހަރަށް ހާޒިރުކުރި
އަޅުގަނޑުމެން ކުރާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަޤީންކަން އެބައޮތް
ބިރުގަނޭ، ނަމަވެސް ޒިންމާ އަދާކުރާނަން

ސަރުކާރުގެ ތެރޭގައި ތިބި ނުފޫޒުގަދަ ސިޔާސީ ފަރާތްތަކުން އޭނާ ހައްޔަރުކުރުމަށް މަސައްކަތްކުރާކަމަށާއި، ނަމަވެސް އޭނާ ހައްޔަރުނުކުރެވޭނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވިދާޅުވީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ފަސް ފަހަރަށް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވެފައިވަނިކޮށް، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުންކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

 

"ނަމަވެސް ގާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބެއް އަދާކުރާނަން،" ފާރިސް ވިދާޅުވި އެވެ. 

ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ފާރިސް ޕޮލިހަށް ހާޒިރުކުރީ ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2008 ގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައެވެ. 

 

ފާރިސް ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތެއްކުރާނަމަ އެއީ ކޮން ތުހުމަތެއްކަންވެސް ސާފުނުވާ ކަމަށެވެ. އަދި ވާހަކަތައް އިވެނީ އެކިފަހަރު، އެކިގޮތަށް ކަމަށް ފާރިސް ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވީ، ބިރުދެއްކުމުގެ ގޮތުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރާއިރު، ހުރިހާ މުއައްސަސާއެއްގެ ތެރޭގައިވެސް ސިޔާސީ ނުފޫޒަށް ބޯލެނބުން މަދުވަމުންއަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިޔާސީ ބޭނުންތަކަށް އިދާރާތައް ބޭނުންކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ފާރިސް ވިދާޅުވި އެވެ.

 

"އަޅުގަނޑަށް އެނގޭ ބައެއް ނުފޫޒުގަދަ ފަރާތްތަކުން އަޅުގަނޑުމެން ހައްޔަރުކުރަން ބޭނުންވާ ކަމަށް. އެހެންނަމަވެސް ރައްޔިތުން ތިބިގޮތަށް މި ވޯޓުގެ ކަންކަން ނިމިގެންދާތީވެ، އެ ބޭފުޅުންނަށް އެކަން ކުރައްވަން އެނގިވަޑައިނުގަތް އެ އުޅެނީ. މިއީ އަޅުގަނޑުމެންނަށް ލިބޭ އުއްމީދު. މިއީ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވިދާނެކަމުގެ ހެކި." އަހުމަދު ފާރިސް މައުމޫނު ވިދާޅުވި އެވެ.

 

ފާރިސް މައުމޫނު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

 

އިތުރަށް ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ، ޤާނޫނުގައިވާ ގޮތުން އޭނާ ހައްޔަރުނުކުރެވޭނެ ކަމަށެވެ. އަދި އޭނާ ކުށެއްކޮށްފައިނުވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ. ފާރިސް ވިދާޅުވީ އިތުރަށް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރިނަމަވެސް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި، ކިތަންމެ ވަރަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރިނަމަވެސް ސަރުކާރުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލް ނުކުރެވި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމަށެވެ.

 

"އަޅުގަނޑު އެއްވެސް ގޮތަކަށް ނުދަންނަވަން އަޅުގަނޑު ބިރެއް ނުގަންނަ ކަމަކަށް. އަޅުގަނޑު ބިރުގަނޭ. އަޅުގަނޑު ބިރުގަނޭ އެނގޭތޯ. ނަމަވެސް އަޅުގަނޑު ބިރުގަތަސް ވާޖިބު އަދާކުރަންޖެހޭ ދެއްތޯ. އަޅުގަނޑުވެސްޖެހޭ އަޅުގަނޑު ނިދަން އޮސޯންނަ އިރުގައި ހިތްހަމަޖެހިގެން އޮންނަން. އަޅުގަނޑު ގަބޫލުކުރާ ކަންތައްތައްކަން މިކުރަނީ އެނގިގެން އަޅުގަނޑު ބޭނުންވަނީ އުޅެން. އަޅުގަނޑު ގަބޫލުނުކުރާ ކަމެއް ނުކުރާނަން ބިރަކާ ހުރެ." ފާރިސް ވިދާޅުވި އެވެ.

 

ފާރިސް ވިދާޅުވީ އެބޭފުޅުން ކުރައްވާ މަސައްކަތުން ބަޔަކަށް އަސަރުކުރާކަން ހާމަވާކަމަށެވެ. އަދި ކެރިގެން ނުތެދުވިނަމަ އޭނާވެސް ހުންނާނީ ހައްޔަރުކޮށްފައިކަމަށް ފާރިސް ވިދާޅުވި އެވެ.

 

ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ، ހޯމް ދުވަހުގެ ޖަލްސާއަށެވެ. އިތުބާރު ނެތްކަމުގެ މައްސަލާގައި އިސްކޮށް ހުންނެވީ ފާރިސް މައުމޫނު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
25 މާރޗް 2017 | ހޮނިހިރު 06:25
މަންތިރި
ހޯމަ ދުވަހުގެ ވޯޓު ހަމަ ދާނީ ޗޮކުން
25 މާރޗް 2017 | ހޮނިހިރު 00:40
ޑިކްތޫތު
ސީޔާސީ ކަންކަމުގާ ސަހުޝީއްތަކަށްވަނީ ނާއިންސާފުން އަނިޔާލިބުމުން. މީހުންގެ މަގުބޫލުކަން ހޯދަން ބޭނުންވާނަމަ، މިހާރު ފާރިސް ތިތަހައްމަލު ކުރާކަންތައް ރައްޔިތުންނަށް އެބަފެނޭ. ބައްޕާފުޅަށްވުރެ ތައްކަތުވާނޭކަމަށް އުންމީދުކުރަން، ގަޑިޖެހުމުން އެކަންވެސް ޔަގީންވާނެ.