Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 23:07
މަސް ގަންނަ އަގު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ ވަނީ ވިދާޅުވެފައި
މަސް ގަންނަ އަގު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ ވަނީ ވިދާޅުވެފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސް ގަންނަ ވިޔަފާރީގައި ވާދަވެރިކަން އުފެއްދުން: މިނިސްޓަރ
ކަޅު ބިލަ މަސް ޓަނެއް މިވަގުތު ބެންކޮކް ބާޒާރުގައި ގަންނަމުންދަނީ 1400 އެމެރިކާ ޑޮލަރަށް
މިވަގުތު ކަޅުބިލަމަސް ގަތުމުގެ ވިޔަފާރީއަކީ އެކްސްކުލޫސިވްޓީ އޮތް ވިޔަފާރިއެއް
ބޮޑިކަންނެލި ގަތުމުގެ ވިޔަފާރިއަށް އައު ފަރާތްތައް ވަނުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓާރ ވިދާޅުވި

މަސް ގަންނަ އަގު ރަނގަޅުކުރުމަށް, މިސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މަސް ގަންނަ ވިޔަފާރީގެ ވާދަވެރިކަން އުފެއްދުން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ވަނީ މަސްވެރިންގެ ޝަކުވާއަކީ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާކަމަށާއި ހަމައަގު ހޯދައިދިނުމަށް ވަޒީރު ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯ އާއި ވާދަވެރި މާޙައުލެއްގައި މަސް ގަތުމަށް ހުޅުވާލުމުގެ ކަންކަން އޮތީ ކޮންގޮތަކަށްތޯ ސުވާލު ކުރެއްވާފަ އެވެ.

Advertisement

މިސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހަމަ އަގަކީ ރާއްޖެއިން ބޭރުކުރާ މަސް ގަންނަ ފަރާތްތައް ހުށަހަޅާ އަގުން އެކަށީގެންވާ މިންވަރެއް މަސްވެރިންނަށް ލިބިގެންދިޔުން ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ ވާހަކަ ދެކެވެނީ ބޭރު ބާޒާރުގައި މަހުގެ އަގު ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭ ދުވަސްވަރެއްގައި މަސްވެރިންނަށް އެއަގުގެ ފައިދާ އެކަށީގެންވަ ފެންވަރެއްގައި ފޯރުކޮށްނުދެވޭތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވިޔަފާރީގެ ގޮތުގައި ފުޅާދާއިރެއްގައި މައިގަނޑުކޮށް ކުރަނީ ކަޅު ބިލަ މަހުގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަން އަދި ނަނުގެ ބޮޑު ކަންނެލީގެ މަސްވެރިކަން. ކަޅު ބިލަ މަސް ޓަނެއް މިވަގުތު ބެންކޮކް ބާޒާރުގައި ގަންނަމުންދަނީ 1400 އެމެރިކާ ޑޮލަރަށް. އެއީ 21588 ރުފިޔާ. މިވަގުތު ފިނިކުރި ކަޅުބިލަ މަސް ޓަނެއް ރާއްޖެއިން ގަންނަމުންދަނީ 20000 ރުފިޔާއަށް. އެހެންކަމުން ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރާނަމަ މަސް ގަންނަ ކުންފުނިތައް އޮޕަރޭޓް ކުރަމުންދާނީ ވަރަށް ކުޑަ ފައިދާ އެއްގައި. ދަޅުގައި ބަންދުކޮށްގެން ބޭރުކޮށްފިނަމަ ދަޅު މަހުގެ އަގު މިވަގުތުހުރި މިންވަރަށް ބަލާއިރު ކަޅު ބިލަ މަސް ޓަނަކަށް ލިބޭ އާމްދަނީ 5000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު. އަތުނަނުގައި ބާނާ ބޮޑުކަންނެލި ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ޔޫރަޕަށް.
ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު

މިނިސްޓަރ ވިދާޅުވީ މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ މަސް ގަންނަ ވިޔަފާރީގެ ވާދަވެރިކަން އުފެއްދުން ކަމަށެވެ. މިވަގުތު ކަޅުބިލަމަސް ގަތުމުގެ ވިޔަފާރީއަކީ އެކްސްކުލޫސިވިޓީ އޮތް ވިޔަފާރިއެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން މިކަން ނައްތާލާ މިވިޔަފާރި ހުޅުވާލުމަކީ ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި ބޮޑުކަންނެލި ގަތުމުގެ ވިޔަފާރިއަށް އައު ފަރާތްތައް ވަނުމަށް މިވަގުތު އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިހާރު އޮތް މިއެކްސްކުލޫސިވް އެގްރީމެންޓުން ނިކުތުމުން ވާދަވެރި މާޙައުލެއް ޤާއިމުކުރެވި ކަޅު ބިލަމަސް ގަންނަން އިތުރު ފަރާތްތަކަށް ފުރުޞަތު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެކްސްކުލޫސިވް ކޮށް މިގޮތަށް ހަދާފައިވާ އެގްރީމެންޓްތަކުގެ މައްސަލާގައި ކޯޓާހަމައަށް އެމައްސަލަ ގޮސްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް