Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 19:38
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަމުންދާ މަންޒަރު
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަމުންދާ މަންޒަރު
ޓްވިޓަރ
ފުލުހުން
ހަދަމުންދިޔަ އިމާރާތެއްގެ 7 ވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ
ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ މެންދުރު 14:30 ހާއިރު
މި ހާދިސާގައި އަނިޔާވެފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތަކަށް
އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވޭ

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ 7 ވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ މެންދުރު 14:30 ހާއިރު ކަމަށާއި، މި ޙާދިސާގައި އަނިޔާވެފައިވަނީ ބަނގްލަދޭޝްއަށް ނިޞްބަތްވާ ރައްޔިތަކަށް ކަމަށެވެ.

އެގޮތުން އޭނާ ވެއްޓެން މެދުވެރިވީ ޢިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި "ބޯސަންސް ޗެއަރ" ގެ ވާގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށާއި، އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަޅާފައިވާ ޝީޓާއި ހަމައަށް އޭނާ ވެއްޓުނު ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ، މި ޙާދިސާގައި އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި، ދޫ ކަނޑައިގެން ދިއުން ފިޔަވައި ހަށިގަނޑުގެ ބޭރުން އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ޙާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް