Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 18:46
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ
ޔޫސުފް ސޮފްވާން ރަޝީދު
ސިވިލް ސަރވިސް ކޮމިޝަން
ވަކިކުރި މުވައްޒަފުންގެ މައްސަލަތައް ނިމުނީ ސީއެސްސީއަށް ފޮނުވިތާ އެތައް މަހެއްވީ ފަހުން: ނަހުލާ
ވަކި ކުރެވުނު މުވައްޒަފުންގެ ހާޒިރީގެ މައްސަލަތަކެއް ހުރި
ސީއެސްސީން ލަފާދިނީވެސް ވަކި ކުރުމަށް

ވަކިކުރި މުވައްޒަފުންގެ މައްސަލަތައް ނިމުނީ ސީއެސްސީއަށް ފޮނުވިތާ ހަމަސް ފަހުން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ އެހެން ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެއްބާރުލުން ލިބެމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްވަކަވަމުންނެވެ.

Advertisement

ސިވިލް ސަރވިސްގެ މަސައްކަތްތައް ހުންނަ ގޮތުން ދިމާވާ ގޮންޖެހުންތައް ކޮމިޓީއާއި ހިއްސާކުރައްވަމުން ނަހުލާ ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތައް ވަރަށް ލަސްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ދާދި ފަހުން މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ވަކިކުރި 11 މުވައްޒަފުންގެ ވާހަކަޔަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ އެ މައްސަލަތައް ސީއެސްސީއަށް ފޮނުވީ ހުރިހާ އިޖުރާޢަތްތައް ފުރިހަމަކޮށްފައި ކަމަށެވެ. ނަހުލާ ވިދާޅުވީ އެ މައްސަލަ ދިގުލައިގެން ދިޔަ ކަމަށާއި ނަމަވެސް، އެއީ އެކަން ވާންޖެހޭ ގޮތް ކަމަށް ޤާބޫލުނުކުރައްވާ ކަމަށެވެ.

އެބޭފުޅުންގެ ލަފާގެ މަތިން އަޅުގަނޑުމެން އިޖުރާއަތްތައް ފުރިހަމަކޮށް އަނެއްކާ އެ މައްސަލަ ނިންމުމަށް ފޮނުވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ފަސް މަސް ނޫނީ ހަމަސް އެ މަސައްކަތަށް ނަގަން ޖެހޭނެ ކަމަކަށް.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕަރމަނަންޓު ސެކްރެޓަރީ، ޢަބްދުﷲ ފަޔާޒުއާ ޙަވާލާދެއްވާ ރާއްޖޭގެ ބައެއް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަނޑާލާ 11 މުއައްޒަފުންގެ ތެރޭގައި ސީނިއަރ މުއައްޒަފުންނާއި، ޖޫނިއަރ މުއައްޒަފުން ހިމެނެއެވެ. އަދި ކަނޑާލާ މުވައްޒަފުންނަކީ ހާޒިރީ ރަނގަޅު ނޫން މުވައްޒަފުންނާއި، ޕަރފޮމަންސް ވަރަށް ދަށް މުއައްޒަފުންކަން އޭނާ ފާހަގަކުރެއްވާފައިވާ ކަމަށްވެސް ވެއެވެ.

އެގޮތުން މިނިސްޓަރ ވެސް ކޮމިޓީގައި ވިދާޅުވީ ވަކި ކުރެވުނު މުވައްޒަފުންގެ ހާޒިރީގެ މައްސަލަތަކެއް ހުރި ހުރިކަމަށެވެ. އަދި ހާޒިރީގެ މައްސަލަތައް ހުރުމަކީ ސިވިލް ސަރވިސްގެ ޤާނޫނުގައި ދަރަޖަ ތިނެއްގެ ކުށެއް ކަމަށެވެ. ދަރަޖަ ތިނެއްގެ ކުށެއް ނަމަ ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ހާޒިރީގެ މައްސަލަތައް ހުރި މުވައްޒަފުންގެ މައްސަލަތައް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަނުން ލަފާދެއްވީވެސް، އެފަރާތައް ވަކި ކުރުމަށްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ބޭފުޅުން ވާންޖެހޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ހިންގުމަށް ފަސޭހަކޮށްދޭން ޖެހޭ ބަޔަކަށް ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް ލަސްކަން ހުރިހާ ވަޒީރުންވެސް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެކޮމިޝަނުގެ މަސައްކަތްތަށް ކުރުމަށް ލަސްވަމުންދާތީ އެ ވުޒާރާތަކުގެ ބައެއް މަސައްކަތްތައް ކުރުމަށްވެސް ދަތިވާ ކަމަށާއި ކޮމިޝަނަށް ފޮނުވާ ސިޓީތަކުގެ ޖަވާބު ނުލިބި އެތައް މަހެއް ފާއިތުވާކަން ހުރިހާ ވަޒީރުންވެސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
10 ފެބްރުއަރީ 2020 | ހޯމަ 20:20
އަލަފް
މިއަދު ދޮގުޙަދައިގެން ވަޒީރު ކަމުގަ ހުރެވިދާނެ މާދަމާ ޖެޙޭނީ ރޯން.