Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 18:56
ކްލެމެންސީ ބޯޑުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ކްލެމެންސީ ބޯޑުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އޭޖީ އޮފީސް
ކްލެމެންސީ ބޯޑު
ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހަޅާތާ 3 މަސްދުވަހުގެ ތެރޭގައި ގޮތެއް ނިންމަނީ
ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު
ފުރަތމަ އަހަރު 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވޭ

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ޤައިދީން ކްލެމެންސީ ބޯޑަށް ހުށަހަޅާ މައްސަލަތައް ތިން މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް އެ ބޯޑުގެ ޤަވާއިދު ބަދަލުކޮށްފިއެވެ.

އެޓަރނީ ޖެނަރަލް [އޭޖީ] އޮފީހުގެ ދަށުން ހިންގަމުންދާ ކްލެމެންސީ ބޯޑުން ބުނީ މަޢާފު ދިނުމަށާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސަށް ފޯމް ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުވަންޖެހޭ ގޮތަށް އުޞޫލު ފާސްކޮށްފައިވާ ކަމަށެވެ. އެގޮތަށް ފާސްކުރީ އާދީއްތަ ދުވަހު ބޭއްވި ކްލެމެންސީ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އެ ބޯޑުން ބުންޏެވެ.

Advertisement

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ ރައީސަކީ ބަންޑާރަ ނައިބެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތައް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓަރނީ ޖެނަރަލްގެ އޮފީހުންނެވެ.

ކްލެމެންސީ ބޯޑުން ކުރިން ޢާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން، ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގއި 60 ޤައިދީއެއްގެ އަދަބު ލުއިކޮށް ދީފައިވެއެވެ. މީގެ އިތުރުން 49 މީހަކަށް މަޢާފުދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާ ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް