Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 18:44
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މާލިއްޔަތު ކޮމިޓީ
ކައުންސިލަރުންނަށް ދޭން ފާސްކޮށްފައިވާ މުސާރައަކީ ދައުލަތައް ދެވިދާނެ މުސަރާއެއްތޯ ބަލަނީ
2 ނިންމުމެއް ކޮމިޓީން ވަނީ ނިންމާފައި
މުސާރައިގެ އޮނިގަނޑު އެކުލަވާލައިފައިވާ ގޮތަާއި ބެހޭގޮތުން ޕޭ ކޮމިޝަނަށް 5 ދުވަހުގެ މުއްދަތެއް ދިނުން
ބަޖެޓުން ޖާގަދެވިދާނެކަމެއްތޯ ބެލުމަށް ފިނޭންސް މިނިސްޓްރީއަށް މައުލޫމާތު ހޯދުމަށް ފޮނުވުން

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި، އަލަށް އިންތިޚާބު ކުރެވޭ ކައުންސިލަރުންނަށް ލިބޭނެ މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން އެކުލަވާލި ގޮތް ހޯދައި އެއީ ދައުލަތަށް އުފުލޭ ވަރުގެ ބުރައެއްތޯ ބަލަން މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުމުގައި ބައެއް އިއްޒަތްތެރި މެންބަރުންވަނީ މުސާރައިގެ އޮނިގަނޑަށް އިޞްލާޙު ގެނެވުނު ގޮތުގެ މަޢުލޫމާތު އެނގެން ބޭނުންވާކަމަށާއި އެއީ މިވަގުތު ޤައުމު މިއޮތް ޙާލަތުގައި ދައުލަތަށް އުފުލޭނެ ބުރައެއްތޯ ބެލުމަށް ނިންމާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދައިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ ހުރިހާ ސިޓީކައުންސިލްގެ ރައީސުންނަށް އެއް ވަރެއްގެ މުސާރަ ލިބޭގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރިޔާޒް ވިދާޅުވީ ބަޔަކަށް މުސާރައާއި އިނާޔަތްތައް ލިބެންވާނީ އެމީހަކާ ޙަވާލުވެވޭ މަސްއޫލިއްޔަތާއި ނަގަންޖެހޭ ޒިންމާއަށް ބެލުމަށް ފަހުގައިކަމަށެވެ. މެންބަރު ވިދާޅުވީ ސިޓީ ކައުންސިލަށް ވީތީ މުސާރަ ބޮޑުވާކަމީ ޤަބޫލު ނުކުރައްވާކަމެއްކަމަށެވެ. މެންބަރު ޢަބްދުﷲ ރިޔާޒަށް ފަހު ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ގެނެސްފައި ހުރި މުސާރައިގެ ބަދަލު ރަނގަޅުކަމަށާއި، ރަށު ކައުންސިލަރެއް ކަމުގައި ވިޔަސް ކުރަންޖެހޭ ޚަރަދުތައް އެހާމެ ގިނަކަމަށެވެ.

Advertisement

މެންބަރުންގެ މެދުގައި ބަހުޘް ކުރެއްވުމަށް ފަހު ކޮމިޓީން ވަނީ މުސާރައިގެ އޮނިގަނޑު އެކުލަވާލި ގޮތް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ޕޭ ކޮމިޝަނަށް ދިނުމަށް ފަހު އެހެނިހެން ކޮމިޓީތަކަށް މަޝްވަރާ ހޯދުމަށް ސިޓީ ފޮނުވުމަށެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅައި، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ތާއީދުކުރެއްވި ގޮތަށް މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ އިއްތިފާޤުންނެވެ. މީގެއިތުރުން ވަނީ މަރަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައި، ވިލިފުށި ދާއިރާގެ މެންބަރު ތާޢީދުކުރެއްވި ގޮތައް ޚަރަދުގެ ތަފުޞީލު ހޯދައި، ބުރައަކީ މިހާރު އޮތް މާލީ ޙާލަތުގައި ބަޖެޓުން ޖާގަދެވިދާނެކަމެއްތޯ ބެލުމަށް ފިނޭންސް މިނިސްޓްރީއަށް މަޢުލޫމާތު ހޯދުމަށް ފޮނުވުމެވެ. އެ ހުށަހެޅުމަށް ވަނީ މެޖޯރިޓީން ފާސްވެފައެވެ.

މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން މޭޔަރަކަށް ލިބޭނީ 40،000 ރުފިޔާ އެވެ. އަދި ޑެޕިޔުޓީ މޭޔަރަކަށް 35،000 ރުފިޔާ ލިބޭއިރު ސިޓީ ކައުންސިލް މެންބަރަކަށް 30،000 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލް ރައީސަކަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލް ރައީސް އަކަށް 23،000 ރުފިޔާ ލިބޭއިރު، ނައިބު ރައީސަށް ލިބޭނީ 15،000 ރުފިޔާއެވެ. ކައުންސިލް މެންބަރަކަށް ކަނޑައަޅާފައިވަނީ 12،000 ރުފިޔާ އެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ. ނަމަވެސް މިސަރުކާރު އައުމަށް ފަހު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ މޭޔަރުންނަށް 45،000 ރުފިޔާ ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 25،000 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
10 ފެބްރުއަރީ 2020 | ހޯމަ 20:44
ޑިމޮކްރަސީ
ރައްޔިތުން ދުވަހެއްދުވަހަކަށް ބިކަވަމުންދާއިރު ރައްޔތުންގެ ޓެކްސްފައިސާ ބޭނުންގޮތަކަށްބޭނުންބަޔަކަށް ތަޅާބުރުވަނީ ތީ ދިވެހިރައްޔިތުންގެ މަޖްލީހެއްތޯ މިހާރު ސުވާލުއުފެދޭ އެއީ ޤަވްމު މިޙާލުގަ އޮތްއިރުވެސް ތިމާމެން ނަގަމުންގެންދާ ބޮޑުމުސާރައާއި އިނާޔަތުން އެންމެލާރިއެއްވެސް ކަޑާނުލާތާ ދެންވެސް ތިމާމެންބޭނުންވާބަޔަކަށް ރައްޔިތުންގެލާރިގަޑު ބަހާލެވޭތޯ ބަލަމުންދާތީ
10 ފެބްރުއަރީ 2020 | ހޯމަ 20:42
ހަސީނާ
އެއްގޮކަށް ބަލާނެކަމެއްނެތޭ! އަތުޖެހުނުތާކުން ތަޅާހަބޭސްކުރޭ!