ކ. މާލެ
|
10 ފެބްރުއަރީ 2020 | ހޯމަ 11:06
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން
ކޮރޯނާވައިރަސް ޗައިނާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުން
ސީ.އެން.އެން
ކޮރޯނާވައިރަސް
ކޮރޯނާވައިރަސް ޖެހިގެން އެއް ދުވަހާ 97 މީހުން މަރުވެއްޖެ
ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 908 ށް އަރާފައި
ޗައިނާގައި މިވައިރަސްގެ އަސަރުކޮށްފައިވާ 40،171 މީހުން އެބަތިބި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން އެއް ދުވަހެއްގެ ތެރޭގައި މަރުވެފައިވަނީ އާދީއްތަ ދުވަހުކަމަށް ޗައިނާއިން ހާމަކޮށްފި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާއިރު އާދީއްތަ ދުވަހު އެކަނި މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 97 ކަށެވެ. އެއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 908 ށް އަރާފަ އެވެ. މުޅި ދުނިޔެއިން މިވައިރަސްގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އަރަނީ 910 ށެވެ. އެއީ ފިލިޕީންސް އާއި ހޮންގ ކޮންގ ގައި މަރުވި މީހުންގެ ލައިގެންނެވެ.

ޗައިނާގައި މިވައިރަސްގެ އަސަރުކޮށްފައިވާ 40،171 މީހުން އެބަތިއްބެވެ. އަދި އޮބްޒަރވޭޝަންގައި 187،518 މީހުން ތިބިކަމަށް ޗައިނާއިން ބުނެއެވެ. މީގެއިތުރުން މިހާތަނަށް އާއިރު މިވައިރަސްގެ އަސަރުކޮށްފައިވާ މީހުންގެ ތެރެއިން ފަރުވާދީގެން ރަނގަޅުވެފައިވާ 3،281 މީހެއް ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

މިހާތަނަށް މިވައިރަސްގެ އަސަރު ދުނިޔޭގެ 27 ގައުމަކުން ވަނީ ފެނިފަ އެވެ.

- ކޮމެންޓް