ކ. މާލެ
|
25 މާރޗް 2017 | ހޮނިހިރު 00:58
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
އޭވީސީ ސެންޓްރަލް ޒޯން
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ
ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓް އެއް ސެޓުން

އޭވީސީ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން ބައިގައި ނޭޕާލް އަތުން ބަލިވެ ރާއްޖޭ ވޮލީ ޓީމަށް ފުރުސަތު ހަނިވެއްޖެ އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މެޗު ރާއްޖެއާ ވާދަކޮށް ފަހަތުން އަރާ ނޭޕާލުން މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގެ ފުރަތަމަ ސެޓް މޮޅު ކުޅުމަކާއެކު ކާމިޔާބުކުރީ ރާއްޖެއިންނެވެ. މި ސެޓް ރާއްޖެއިން ގެންދިޔައީ 23-25 އިންނެވެ.

ދެވަނަ ސެޓުގައިވެސް ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓް 26-28 އިން ގެންދިޔައީ ނޭޕާލުންނެވެ. މި ސެޓުގައި ރާއްޖެއިން ލީޑު ނެގި ނަމަވެސް ފަހަތުން އަރާ ނޭޕާލުން ވަނީ ރާއްޖެ ބަލިކޮށްފައެވެ.

ތިން ވަނަ ސެޓުގައިވެސް ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓް ނެޕާލުން ކާމިޔާބުކުރީ 31-33 އިންނެވެ. މި ސެޓުވެސް ނިންމާލަން ރާއްޖެއަށް ވަނީ ފުރުސަތު ލިބި ބޭކާރުވެފައެވެ.

ހަތަރުވަނަ ސެޓުގައި ނޭޕާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ މި ސެޓް ފަސޭހަކަމާއެކު 25-19 އިން ކާމިޔާބުކޮށްފައެވެ. މި ސެޓްގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ.

މި ނަތީޖާއާއެކު ފައިނަލަށް ދިއުމުގެ މަގު ނޭޕާލަށް ތަނަވަސްވިއިރު، އެޓީމު ޖެހޭނީ ކިރިގިސްތާންއާ ދެކޮޅަށް ކުޅޭ މެޗުން އެއް ސެޓު ހޯދާށެވެ.  

މުބާރާތުގައި ތިން ޓީމު ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެއްވަނަ އަށްދާ ޓީމު ފައިނަލުން ޖާގަ ލިބޭނެއެވެ. ފުލަށްދާ ޓީމު މުބާރާތުން ކަޓާއިރު، ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ލީގު ބުރުގެ ދެވަނަ އަދި ތިންވަނަ ޓީމު ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް