ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 19:47
މާލޭ މަގުމަތި
މާލޭ މަގުމަތި
ގޫގުލް
ޮންސިއުމަރ ޕްރައިސް އިންޑެކްސް
އިންފްލޭޝަން 1.29 އިން ސައްތަ މައްޗަށް: އެންމެ ބޮޑުވީ ތަރުކާރީގެ އަގުތައް
ތަރުކާރީގެ ބައިން 21.17 އިންސައްތަ ވަނީ މައްޗަށް ގޮސްފައި
ފިޔާގެ އަގުން 97.06 އިން ސައްތަ ވަނީ މައްޗަށް އުފުލިފައި
ކާބޯތަކެތީގެ ބައިން ވަނީ 3.68 އިން ސައްތަ މައްޗަށް އުފުލިފައި

އަހަރެއްގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން 1.29 އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިސެންބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ތަރުކާރީންނެވެ. އެގޮތުން ތަރުކާރީގެ ބައިން 21.17 އިންސައްތަ ވަނީ މައްޗަށް ގޮސްފައެވެ. ތަރުކާރީގެ އަގުތައް މައްޗަށް ގޮސްފައިވުމުގެ ސަބަބެއް ކަމުގައި ބެލެވެނީ ބާޒާރުގައި ފިޔާ ލިބުމުގެ ދަތިތައް ކުރިމަތިވެ ފިޔާގެ އަގު އިންތިހާއަށް މައްޗަށް ދިއުމާއި ގުޅިގެންނެވެ. ފިޔާގެ އަގުން 97.06 އިން ސައްތަ ވަނީ މައްޗަށް އުފުލިފައެވެ.

އެކަމާއި ގުޅިގެން ހޮޓާ، ކެޕޭ އަދި ރެސްޓޯރެންޓުގެ ބައި ވަނީ 5.08 އިން ސައްތަ މައްޗަށް އުފުލިފައެވެ.

ކާބޯތަކެތީގެ ބައިން ވަނީ 3.68 އިން ސައްތަ މައްޗަށް އުފުލިފައެވެ.

މީގެ އިތުރުން މައްޗަށް ޖެހިފައިވާ އެހެން ބައިތަކުގެ ތެރޭގައި ގޭގެ ކުލި، ފެން، ކަރަންޓް، ގޭސް އަދި ތެޔޮ ހިމެނެއެވެ. މިބައިން އިންފްލޭޝަން ހުރީ 1.82 އިން ސައްތައިގައެވެ. އަދި ޞިއްޙީ ޚިދުމަތުގެ ބައިންވެސް ވަނީ 2.12 އިން ސައްތަ މައްޗަށް ޖެހިފައެވެ. ދުންފަތާއި ދުފުމުގެ ބައި ވަނީ 0.46 މައްޗަށް ޖެހިފައެވެ. ގޭގެ ކުލި ވަނީ 2.89 އިންސައްތަ މައްޗަށް ގޮސްފައެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޑިސެންބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބައިން 1.19 އިން ސައްތަ، މޭވާގެ ބައިން 1.71 ، ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ލަވަޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ ބައިން 2.50 މޮޓޯސައިކަލުގެ ބައިން 0.45 އެހެނިހެން މަޢުލޫމާތާއި މުވާޞަލާތީ ޚިދުމަތުގެ ބައިން 0.69 އަންނައުނުގެ ބައިން 0.33 އަދި ފޯނުގެ އާލާތްތަކުގެ ބައިން 0.73 ހިމެނެއެވެ.

- ކޮމެންޓް