Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:56
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވެކްސިންގެ މައުލޫމާތު ހިމެނޭ ޝީޓެއް
ވީއޯއޭ ނިއުސް
ހިމަބިހި
ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ
މިއީ މި ފެބްރުއަރީ މަހު ހިމަބިއްސަށް ޕޮޒިޓިވްވި ފުރަތަމަ މީހާ
މިހާތަނަށް 9 މީހަކު މިވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައި
އެންމެ ފުރަތަމަ މީހާ ހިމަބިއްސަށް ޕްޒިޓިވްވީ މިދިއަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އާދިއްތަ ދުވަހު ބުނީ މިމަހުގެ 8 ވަނަ ދުވަހު އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން މިދިއަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ހިމަބިއްސަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއެކު މިއަދާ ހަމައަށް ޖުމްލަ 9 މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެޗްޕީއޭގެ ރެކޯޑްތަކުން ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހު ހިމަބިއްސަށް ޕޮޒިޓިވްވީ މީހާއަކީ މި ފެބްރުއަރީ މަހުގެ ތެރޭގައި ހިމަބިއްސަށް ޕްޒިޓިވްވި ފުރަތަމަ މީހާއެެވެ. އަދި މި މީހާގެ ކުރިން 28 ޖެނުއަރީގައި އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވެއެވެ.

Advertisement

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން 2017 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ކަނޑައަޅާފައިވާއިރު، މި ބަލި ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު އެވެ.

ބަލި ފެނިފައިވަނީ އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ހަށިގަނޑުންނެވެ. އެއަށް ފަހު ހެލްތް މިނިސްޓްރީއާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ދަނީ ހިމަބިއްސަށް ޝައްކު ކުރެވޭ ފަރާތްތަށް ޓެސްޓު ކުރަމުންނެވެ. އަދި ބައްޔަށް ޝައްކުވާ ފަރާތްތަކުން ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ދަމަނަވެށީގައާއި ސޯޝަލް ސެންޓަރުގައި އަންނަނީ ހިމަބިއްސަށް ވެކްސިން ޖަހައިދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް