ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 12:15
ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް އިމްރާން ހަމަޖެއްސުން
ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް އިމްރާން ހަމަޖެއްސުން
އެފްއޭއެމް
އިމްރާން މުހައްމަދު
މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން
އިމްރާން ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި
މިއީ ކޯޗިންގައި އިމްރާން މަސައްކަތްކުރާނެ ފުރަތަމަ ފަހަރު

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް މަސައްކަތް ކުރަން ލިބުމަކީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ އެސިސްޓަންޓަކަށް ގޯލްކީޕަރު އިމްރާން މުހައްމަދު ހަމަޖައްސިއިރު، މިއީ އިމްރާން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ. ގޯލްކީޕަރު ޓްރޭނަރުގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރާނީ އަސްލަމް އަބްދުލްރަހީމް އެވެ.

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު 20 އަހަރުވީ ކުލަގަދަ، ކާމިޔާބު ކެރިއަރަކަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރުއެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު އޭނާ ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި އިމްރާން ވަނީ މިދިޔަ އަހަރު ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ހާސިލުކޮށްފައެވެ.

ގައުމީ ޓީމާއި ހަވާލުވުމަށްފަހު ހޮނިހިރު ދުވަހުގެރޭ އޮތް ރަސްމިއްޔާތުގައި އިމްރާން ބުނީ އެފްއޭއެމުން ވެސް މީގެ ކުރިން ވެސް ކީޕާސް އެކަޑަމީއާ ގުޅެން ދައުވަތު ލިބުނު ކަމަށާއި އޭރު ނުދިޔައީ ފުޓްބޯޅަ ކުޅޭތީވެ ކަމަށެވެ. އެކަމަކު މިހާރު ކުޅުން ހުއްޓާލައި އެއްކޮށް ކޯޗިން އަށް ހުސްވާން ތައްޔާރަށް ހުއްޓާ އެފްއޭއެމުން ފުރުސަތު ދިނުމުން ގަބޫލުކުރީ ކަމަށާއި މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ގައުމީ ޓީމާ އިމްރާން ގުޅުނުއިރު، އޭނާވެސް ވަނީ ދާދި ފަހުން އެފްއޭއެމުން ކުޅުންތެރިންނާ ދޭތެރޭ ހަމަހަމަކޮށް ކަންތައް ނުކުރާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފާޑު ކިޔާފައެވެ. އެގޮތުން އެފްއޭއެމުން ހިފަހައްޓާފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފައިސާ، އެ ކްލަބުން މުސާރަ ނުދީ ތިބި ކުޅުންތެރިންނަށް އެފްއޭއެމުން ދިންއިރު އެކަމުގައި އޭނާ އިސްތިސްނާކުރި މައްސަލައިގައި އިމްރާން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް