Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 09:24
ފަތުރުވެރިޔާ ހައްޔަކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
ފަތުރުވެރިޔާ ހައްޔަކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ
އެމްވީކްރައިސިސް
މާފުށި
މާފުށީގައި ޓުއަރިސްޓަކު ހައްޔަރުކުރީ ގޯހުން ނޫންކަމަށް ދެކުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު
މިހާރު ފަތުރުވެރިޔާ ވަނީ ދޫކޮށްލާފައި
ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވޭ
އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރޭ

މާފުށީގައި ޓުއަރިސްޓަކު ހައްޔަރުކުރީ ގޯހުންނޫންކަމަށް ދެކުމަކީ ކަންބޮޑުވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކޮންޓްރޯލްކުރާ ދައުލަތުގެ މީޑިއާގައި ހޮނިހިރު ދުވަހުގެރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރ އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ސަލާމަތީ ނަޒަރަކުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ ވަރަށް ގޯސް ކަމަށް ދެންނެވެން ނެތް ކަމަށެވެ. ނަމަވެސް މިނިސްޓަރު އިމްރާން ވިދާޅުވީ، އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އެކަމަކު އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަމެއް ހާމަނުކުރައްވާ، މައްސަލާގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ މާފުށީގައި ޓުއަރިސްޓަކު ހައްޔަރުކުރީ ގޯހުން ނޫންކަމަށް ދެކެވޭކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި އަނެހެއް ގައިގައި ފިރިހެން ފުލުހުން އަތްލުމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވެ ޓުއަރިޒަމް އަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

މާފުށީގައި ނިވާކަން ކުޑަގޮތަށް ހުރި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމަށް ފިރިހެން ފުލުހުންތަކެއް ހަރަކާތްތެރިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާއްމުވެފައެވެ. މިވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވެސް މިކަމާއި ގުޅިގެން މަޢާފަށް އެދިފައިވެއެވެ.

ޙާދިސާ ހިނގާދިޔަ ގޮތާ ގުޅޭގޮތުން ފުލުހުން ބުނީ މާފުށީ މަގުމަތީގައި މަސްތުގެ ޙާލަތުގައި ނިވާކަން ކުޑަކޮށްހުރި އަންހެން ފަތުރުވެރިއަކު އުޅެމުންދާކަމުގެ ޝަކުވާ ބުރާސްފަތި ދުވަހުގެ ހަވީރު ލިބިފައިވާތީ އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން މި ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާގޮތް ޓުއަރިޒަމް މިނިސްޓްރީންވެސް ވަނީ ކުށްވެރިކޮށްފައެވެ. މިނިސްޓްރީން ބުނީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރާއްޖެ ޒިޔާރާތްކުރާ ހުރިހާ ފަތުރުވެރިންނަށް އިލްތިމާސްކުރާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
9 ފެބްރުއަރީ 2020 | އާދީއްތަ 10:04
ޞައްދާމު
މާ ފުށި މައްސަލައިގައި [ފުލުހުންނަށް] ސެލިއުޓް