Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 08:18
ދިރާގު ހެޑް އޮފީސް
ދިރާގު ހެޑް އޮފީސް
ޓްވިޓަރ
ދިރާގު
މެއިންޓެނަންސް މަސައްކަތްތަކެއް ކުރަމުންދާތީ ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރު އަރާނެ
ދިރާގުން ބުނީ މިމަހުގެ 10 ވާ ހޯމަ ދުވަހުގެ ރޭގަނޑު 11:00 އާ ހަމައަށް އެކުންފުނިން ދޭ ބައެއް ޚިދުމަތްތައް ނުލިބޭނެ ކަމަށް
މިމުއްދަތުގައި ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިލް ދެއްކުމުގެ ހިދުމަތް މެދުކެނޑިގެންދާނެ

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް, ބިޒްނަސް ސަޕޯޓު ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވާތީ ދިރާގުން ދެމުންގެންދާ ބައެއް ޚިދުމަތްތަކަށް ބުރު އަރާނެކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުން ބުނީ މިމަހުގެ 10 ވާ ހޯމަ ދުވަހުގެ ރޭގަނޑު 11:00 އާ ހަމައަށް އެކުންފުނިން ދޭ ބައެއް ޚިދުމަތްތައް ނުލިބޭނެ ކަމަށެވެ. އެގޮތުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ މެންދަމު 12:00 އިން ފެށިގެން ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 11:00 އާ ހަމައަށް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތާއި ބިލް ދެއްކުމުގެ ހިދުމަތް މެދުކެނޑިގެންދާނެއެވެ.

Advertisement

މިކަމާއި ގުޅިގެން ދިރާގުން އިތުރަށް ބުނެފައިވަނީ މި މުއްދަތުގައި ބިލު ނުދައްކައިގެން އެއްވެސް ހިދުމަތެއް މަދުކަނޑާނުލާނެ ކަމަށެވެ. ބައެއް ހިދުމަތްތައް މެދުކެނޑުނު ނަމަވެސް، ގުޅުމާއި އިންޓަނެޓާއި ފިކްސްޑް ލައިން ބޭނުން ކުރުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް