Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 00:06
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝުއައިބް މުހައްމަދު އިގްބާލް
ފަލަ ސުރުޚީ
ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުން މާރޗް 4 ގައި
48 ގަޑިއިރު ތެރޭގައި އެކެނޑިޑޭޓެއްގެ ކެނޑިޑެންސީ ގަބޫލު ކުރިކަން ނުވަތަ ނޫން ކަން އަންގާނެ
ނަން ތަރުތީބު ކުރުމަށްފަހުގައި ނަން އަނބުރާ ނުގެންދެވޭނެ
ރަސްމީކޮށް ކެމްޕޭން ހުޅުވާލެވޭނީ ގުރުއަތުލާ ދުވަހުން ފެށިގެން

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މާރޗް މަހުގެ 4 ގައި އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކެންޑިޑޭޓުންގެ ނަންތައް ގުރުއަތުލާ އެނަންތައް ކެނޑިޑެންސީ ނަންބަރާއި އެކުގައި މާރޗް މަހުގެ 4 ގައި އިޢުލާން ކުރައްވާނެ ކަމަށެވެ.

އަދި އިލެކްޝަންސްކޮމިޝަނަށް ކެންޑިޑޭޓަކު ފޯމް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެކެނޑިޑޭޓެއްގެ ކެނޑިޑެންސީ އީސީން ޤަބޫލު ކުރިކަން ނުވަތަ ނޫން ކަން އަންގާ ލިޔުން ދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Advertisement

ރަސްމީކޮށް ކެމްޕޭން ހުޅުވާލެވޭނީ ގުރުއަތުލާ ދުވަހުން ފެށިގެން ކަމަށާއި، އެދުވަހާއި ހަމައަށް ކޮންމެ ކެންޑިޑޭޓަކަށްވެސް ނަން ނެގުމުގެ ފުރުޞަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ނަން ތަރުތީބު ކުރުމަށްފަހުގައި ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރަސްމީކޮށް ކެމްޕޭނަށް ހުޅުވާލާނީ ދެންމެ މި ދެންނެވިގޮތަށް ގުރުއަތުލާ ދުވަހުން ފެށިގެން. ކަނޑައަޅާފައި މިއޮތީ އެދުވަހާއި ހަމައަށް ނަން ނެގުމުގެ ފުރުސަތު އޮންނާނެ ކޮންމެ ކެނޑިޑޭޓަކަށްވެސް .އެހެން ނަމަވެސް ނަން ތަރުތީބު ކުރުމަށްފަހުގައި ނަން އަނބުރާ ނުގެންދެވޭނެ.
އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރުމަށް މިހިނގާ ފެބްރުއައީ މަހުގެ 4 ގައި ހުޅުވާލާފައި ވާއިރު އަދި މިހާތަނަށް އީސީއަށް ފޯމު ހުށަހަޅާފައި ނުވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލިމުގެ ފުރުޞަތު އީސީން ހުޅުވާލާފައި މިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ފުރުޞަތު ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށެވެ.

އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެއްދުވަހެއްގައި ހުޅުވާލި ނަމަވެސް ދެ ތާރީޚެއް ކަނޑައަޅާފައި ވަނީ އީސީން އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކަށް ވާދަކުރެވޭކަން މާ ފަހުން އިޢުލާން ކުރުމާއި ގުޅިގެން ކަމަށެވެ.

އެއީ ޤާނޫނު ވުޖޫދަށް އައިސް އެލްޖީއޭ އިން ހަދަން ޖެހޭ ގަވާއިފުތަކެއް ހުރޭ. އެޤަވާއިދު ހެދިގެން އައިއިރުގައި ޕާޓީތަކުން ވާދަ ކުރުމުގެ ދޮރު ބަންދުވެފައި ނުވާތީ އާންމު އިންތިޚާބާއި ބެހޭ ޤާނޫނުގެ ދަށުން އީސީން އެހެން ޤާނޫނު ތަކާއި އެއްގޮތަށް ބާއްވާ އިންތިޚާބަކަށް ވާތީ އެ އިންތިޚާބަށް ވެސް ސިޔާސީ ޕާޓީ ތަކުން ކުރިމަތި ލައްވާނެ އެހެން ވީމާ އެކަމަށް ފުރުސަތު ޕާޓީ ތަކަށް ދެވުނު ފަހުން ކަމަށްވާތީ މުއްދަތު އިތުރުކޮށްލާފައި މިވަނީ
އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް