Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2020 | އާދީއްތަ 00:13
ޓްރެފިކް ފުލުހުން: ޕާކު ކުރާނެ ތަން ނެތި، ސްޓިކާ ޖަހަމުންދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ޓްރެފިކް ފުލުހުން: ޕާކު ކުރާނެ ތަން ނެތި، ސްޓިކާ ޖަހަމުންދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
ރައްޔިތުންގެ މަޖިލިސް
އެއްގަމު ދަތުރުފަތުރުގެ ގާނޫނު
ޤަވާއިދާ ޚިލާފަށް ޕާކް ކުރާ ކޮންމެ ފަހަރަކު 250ރ، ދައުވާކޮށްގެން ފައިސާ ހޯދުމުގެ ބާރު މީރާއަށް!
މިހާރު ގާނޫނުގައި އޮންނަނީ ފުރަތަމަ ސްޓިކަރ 250ރ، ދެވަނަ ސްޓިކަރ 500ރ ދެން އިތުރަށް ޖަހާ ކޮންމެ ސްޓިކާއެއްް 750ރ
ރޯޑް ސޭފްޓީ ކައުންސިލެއް އުފެއްދޭނެ
ޝަކުވާ ހުށަހެޅުގެ ނިޒާމެއް ގާއިމު ކުރެވޭނެ

ބޮޑެތި އިޞްލާހުތަކަކާއެކު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ހުށަހަޅުއްވާފައިވާ އިޞްލާޙު ގެނައުމުގެ ބިލުގައި، ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު، އެ އުޅަނދުގެ ވެރިފަރާތް 250ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި މިހާރު އޮންނަގޮތުން، ޤަވާއިދާ ޚިލާފަށް ޕާކްކުރުމުން އެ އުޅަނދެއްގައި ޖަހާ ފުރަތަމަ ސްޓިކަރގެ ޖޫރިމަނާ ފީ އަކީ 250ރ އެވެ. އަދި ދެވަނަ ފަހަރު ހަމަ އެ އުޅަނދުގައި ސްޓިކަރއެއް ޖަހައިފިނަމަ ޖޫރިމަނާ ފީއަކީ 500ރ އެވެ. އަދި ތިން ވަނަ ފަހަރު ނުވަތަ ދެން އެ އުޅަނދެއްގައި ޖަހާ ކޮންމެ ސްޓިކަރއެއްގެ ފީއަކީ 750ރ އެވެ.

އެހެންކަމުން، މި އިޞްލާޙުގައިވާ ގޮތުން، އުޅަނދެއްގައި ސްޓިކަރއެއް ޖަހާ ކޮންމެ ފަހަރަކު ޖޫރިމަނާ ކުރެވޭނީ 250ރ އިން ނެވެ.

އެބިލުގައި ބުނެފައިވަނީ، ޝަކުވާ ބަލައި ގަނެ، ޖޫރިމަނާގެ އަޢަދަދުތައް މުރާޖަޢާކުރެވޭނެ ޙާލަތްތަކާއި އެކަން ކުރެވޭނެ އުޞޫލުތަކާއި އަދި މި ޤާނޫނުގެ ދަށުން ހަދައި ޤަވައިދުތައް ބަޔާންކުރަންވާނެ ކަމަށެވެ. އަދި ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއެއް ނުދައްކައިފިނަމަ އެ ފައިސާއެއް ވާނީ އެމީހަކު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމަށާއި އެގޮތުން ޝަރީޢަތަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދޭގޮތަށް އެ އިޞްލާޙުގައި ވެއެވެ.

މީގެއިތުރުން، އެބިލުގައި ބުނެފައިވާގޮތުން، ޓްރެފިކް ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް ކުރެވޭ ޖޫރިމަނާއާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމު ކުރަންޖެހެ އެވެ. އަދި މިނިސްޓްރީއަށް ލަފާ ދިނުމަށް "ރޯޑް ސޭފްޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހެއެވެ.

"ރޯޑް ސޭފްޓީ ކައުންސިލް"ގައި ހިމެނޭ އިދާރާތައް:

1. އެއްގަމު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ

Advertisement

2. މަގުހެދުމާއި، ޢިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ

3. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

4. މޯލްޑިވްސް ޕޮލިސް ސަރވިސް

5. އެޓަރނީ ޖެނެރަލްގެ އޮފީސް

6. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ

މީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ވަރަށްވުރެ ބާރަށް އުޅަނދު ދުއްވާނަމަ ފުރަތަމަ ފަހަރު 1000ރ އިން، ދެވަނަ ފަހަރު 1500ރ އިން ޖޫރިމަނާ ކުރަން އިޞްލާޙު ހުށަހަޅާފައިވެ އެވެ. އަދި ތިން ވަނަ ފަހަރުން ފެށިގެން ޤަވައިދާ ޚިލާފަށް ބާރަށް ދުއްވައިގެން ހުއްޓުވާ ކޮންމެ ފަހަރު 2000ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަރާތެއް ދުއްވި އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެކަމަށްވެސް މިއިޞްލާޙުގައި ވެއެވެ.

މިދިއަ 2019 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ގޮތުގެ ތަފުޞީލުތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު 36963 (ތިރީސްހަހާސް ނުވަސަތޭކަ ފަސްދޮޅަސްތިނެއް) ވައިލޭޝަން ސްޓިކަރ ވަނީ ޖަހާފަ އެެވެ.

މިދިއަ އަހަރު ޤަވާއިދާ ޚިލާފަށް ޕާކުކުރުމުން، 36963 ސްޓިކަރ ޖަހާފައިވާއިރު، ޖޫރިމަނާ ފީގެ އެންމެމަތީ އަގު ކަމަށްވާ 750ރ އަށް ބަލާނަމަ އެއީ، 27،722،250ރ (ހަތާވީސް މިލިއަން ހަތްލައްކަ ބާވީސްހާސް ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
11 ފެބްރުއަރީ 2020 | އަންގާރަ 14:43
ވަޙީދު
އާޓިކަލް ގައިވާ ކުށެއް: ފުރަތަމަ އިސްޓިކާ 250ރ. ވަނަ ބަލަނީ އުޅަނދަކުން ނެއް ނޫން. ޢެމީހެއްގެ ނަމުގައި ހުނަން އުޅަނދަށް ބަލާނީ. މިސާލަކަށް އެކެއްގެ ނަމުގައި ކާރަކާއި ސައިކަލެއް ހުރެ ފައި، ސައިކަލްގައި ފުރަތަމަ އިސްޓިކާ ޖެހާފައި ވަނިކޮށް، އޭނާގެ ނަމުގައި އޮތް ކާރުގައި ފުރަތަމަ އަށް ވިޔަސް ޖަހާ އިސްޓިކާ އަކީ އެއީ ދެވަނަ އިސްޓިކާ. ޢެއަށް ދައްކަން ޖެހޭނީ 500ރ.
9 ފެބްރުއަރީ 2020 | އާދީއްތަ 15:12
ވާވާ
750 ރުފިޔާ ދައްކަންޖެހޭ ތަނަށް 250 ރުފިޔާ ދައްކާގޮތަށް ޤާނޫނަށް ބަދަލުގެންނަނީ. ޝުކުރުކުރުމަކީވެސް އޮންނަކަމެއް މި ވާހަކަ ދައްކާލާކަށް ވެސް ނުކެރޭ.
9 ފެބްރުއަރީ 2020 | އާދީއްތަ 14:00
ޑިމޮކްރަސީ
ޕާކުކުރާނެތަނެއް ނުމެދައްކާ ސްޓިކަރ ޖެހުން މެކުހަށް ޖަހާ ފަ
9 ފެބްރުއަރީ 2020 | އާދީއްތަ 07:01
މަސްދޫގް
މިސްކަތައް ނަމާދަށް ދާއިރު ޕޭވްމެންޓް އަށް އަރުވާފައި ގަވާއިދާއި ހިލާފަށް ޕާކްކުރާ މީހާވެސް ޖޫރީމައިނާ ކޮއްބަލަ. އެމީހާ ވެސް އެކުރަނީ ކުށެއް. އތެއްބަޔެއްގެ ހައްގުގެއްލާގޮތަށް. ހިވާކަހަލަ ނަމާދުކުރަންވީމާ އެއީ އޯކޯ ަކމެއްކަމެއް.
9 ފެބްރުއަރީ 2020 | އާދީއްތަ 01:02
މުޙައްމަދު
އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު ފުއްދަވާ ގޮތް. ހުސް އެއްބައިގަނޑެއް މިގައުމުގެ ނިކަމެތި ރައްޔިތުންނަށް މި ގައުމުގެ ވެރިން ހަދަނީ ހަދާނެ ގޮތެއް