Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 19:35
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދެއް ހިންމަފުށީ އައްސޭރި ޖަލަށް ވަނީ ޒިޔާރަތްކުރައްވާފަ
ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދެއް ހިންމަފުށީ އައްސޭރި ޖަލަށް ވަނީ ޒިޔާރަތްކުރައްވާފަ
ކަރެކްޝަންސް
ކަރެކްޝަންސް
އީޔޫގެ ވަފުދެއް އައްސޭރި ޖަލަށް ޒިޔާރަތްކޮށްފި
އީޔޫގެ ވަފްދު އައްސޭރި ޖަލަށް ޒިޔާރަތް ކުރެެއްވީ ހޮނިހިރު ދުވަހު
ޖަލަށް ޒިޔާރާއް ކުރައްވާ ޖަލުގެ މަސައްކަތްތައް ބަލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނޭ

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދެއް ހިންމަފުށީ އައްސޭރި ޖަލަށް ޒިޔާރަތްކޮށްފިއެވެ.

Advertisement

މި ކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ އީޔޫގެ ވަފްދު އައްސޭރި ޖަލަށް ޒިޔާރަތް ކުރެެއްވީ ހޮނިހިރު ދުވަހު ކަމަށެވެ.

އަދި ޖަލަށް ޒިޔާރާއް ކުރައްވާ ޖަލުގެ މަސައްކަތްތައް ބަލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އީޔޫގެ ވަފްދާއި އެކު ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ އިތުރުން ކަރެކްޝަންގެ ބޭފުޅުން އައްސޭރި ޖަލަށް ވަޑައިގެން ޖަލުގެ ކަންކަން ބެއްލެވި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އީޔޫގެ ވަފުދެއް ހިންމަފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާއިރު ޔޫރަޕިއަން އެކްސްޓަރނަލް އެފެއަރޒް އެކްޝަން ސަރވިސްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާރޓްމެންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޕައޮލާ ޕަމްޕެލޯނީ ވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް