ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 15:53
އަނިޔާއިން ސަލާމަތްވެ ޝާކާގެ ފޭސްބުކް ޕޭޖްއަށް ލީ ފުޓޯ
އަނިޔާއިން ސަލާމަތްވެ ޝާކާގެ ފޭސްބުކް ޕޭޖްއަށް ލީ ފުޓޯ
ސޯޝަލް މީޑިއާ
އަބްދުﷲ ޝައްފާން - ޝާކާ
އަނިޔާއިން ސަލާމަތްވެ ޝާކާ އެނބުރި ދަނޑަށް
ޝާކާ އަކީ ރާއްޖޭގެ ރެޑްބުލް އެތްލީޓެއް
ޝާކާ ކުޅުމުގެ ތެރެއަށް މިއައީ އަނިޔާގައި ނުވަ މަހު ހުރުމަށްފަހު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަބްދުﷲ ޝައްފާން (ޝާކާ) އަނިޔާއިން ސަލާމަތްވެ އެނބުރި ދަނޑަށް ނުކުމެއްޖެއެވެ.

ތިނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ތިނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލް މެޗުގެ ތެރެއިން ޝާކާގެ ފަޔަށް ލިބުނު އަނިޔާ އާއި ގުޅިގެން ކުޅުމާއި ދުރަށް މެއި މަހު ޝާކާ ދާން ޖެހުނުއިރު އެންމެ ފުރަތަމަ ބެލެވުނީ އަނިޔާއިން ސަލާމަތްވެ މިދިޔަ އަހަރު ފިތުރު އީދަށް ފިޓުވާނެ ކަމަށެވެ. ނަމަވެސް އަނިޔާގެ މުއްދަތު އިތުރުވީ އޭނާގެ ފަޔަށް ލިބުނު އަނިޔާއާއި ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހުމާއެކުގައެވެ. އޮޕަރޭޝަނަށް ފަހު ޝާކާގެ ފޭސްބުކް ޕޭޖުގައި އޭނާ ބުނީ ހީކުރި ގޮތާއި ޚިލާފަށް އަނިޔާގެ މުއްދަތު އިތުރުވެގެންދާ ކަމަށާއި ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު ކުޅުމާއި އަލުން ގުޅޭނެ ކަމަށެވެ.

ހުކުރު ދުވަހު ޝާކާގެ ފޭސްބުކް ޕޭޖުގައި އޭނާ ވަނީ އަނިޔާއިން ސަލާމަތްވެ، އޭނާ މުޅިން ފިޓުކޮށް ހުރި ކަމަށް ބުނެފައެވެ. މީގެ އިތުރުން ޝާކާ ބުނީ ބޮޑު އަނިޔާއަކަށްފަހު ވަރަށް ބުރަ މަސައްކަތުން އެނބުރި ކުޅެން ނިކުތް ކަމަށެވެ. އަދި މިފަހަރު ކުޅުމަށް މި ނުކުތީ ކުރިޔަށްވުރެ ވަރުގަދަކޮށް ކަމަށްވެސް ޝާކާ ބުންޏެވެ.

ދެފައިން އެއްވަރަކަށް ބޯޅައިގައި ޖަހާ ޝާކާ ފާހަގަ ވެގެން ގޮސްފައިވަނީ ކޮންމެ ދަނޑިވަޅަކުވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރާ ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ޑިމާންޑް ހައި ކުޅުންތެރިޔަކީ ވެސް ޝާކާއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝާކާއަކީ ރާއްޖޭގެ ފުޓްސަލް ކިންގް އެވެ. މީގިއިތުރުން ޝާކާ އަކީ ރާއްޖޭގެ ރެޑްބުލް އެތުލީޓެއްވެސް މެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް