Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 12:57
މޯލްޑިވްސް ވޭލް ޝަރކް ރިސަރޗް ޕްރޮގްރާމްގެ ޑައިވަރަކު ފެހު ރިއްސަކާ އެކު
މޯލްޑިވްސް ވޭލް ޝަރކް ރިސަރޗް ޕްރޮގްރާމްގެ ޑައިވަރަކު ފެހު ރިއްސަކާ އެކު
އެމްޑަބްލިޔުއެސްއާރްޕީ/މެލޮޑީ ސްކައި
ސައުތް އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ
ސައުތު އަރި މެރިން ޕްރޮޓެކްޓެކް އޭރިއާގައި ބައްތި ދިއްލައިގެން ފެހުރިހި ބެލުން މަނާކޮށްފި
އިރުއޮއްސި 6 ގެ ފަހުން ބައްތި ދިއްލައިގެން ފެހު ރިހި ބެލުން މަނާ
ހެނދުނު 6 އިން ހަވީރު 6 އަށް ފެހު ރިހި ބެލޭނެ
ގަވައިދާ ހިލާފުވާނަަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ސައުތު އަދި މެރިން ޕްރޮޓެކްޓެކް އޭރިއާ (ސަމްޕާ) ގައި އިރު އޮއްސި 6 ގެ ފަހުން، ދިއްލައިގެން ފެހުރިހި ބެލުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަނާކޮށްފިއެވެ.

މިކަމާއި ގުޅިގެން އީޕީއޭއިން އާންމުކުރި ބަޔާނެއްގައި ވަނީ، އިރު އޮއްސި 6 ގެ ފަހުން، އެ ސަރަހައްދުގައި ދިއްލައިގެން ފެހުރިހި ބަލަމުންދާ ކަމުގެ ޝަކުވާތައް އެ އެޖެންސީއަށް ލިބެމުންދާ ކަމަށެވެ. ފެހުރިހި ބެލުމަށް ސަމްޕާ ސަރަހައްދުގައި އުޅަނދުފަހަރަށް ހަރަކާތްތެރިވެވޭނީ، ހެނދުނު 6 އިން އިރު އޮއްސި 6 އަށެވެ.

ސައުތު އަރި މެރިންޕާކް ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭންއާއި ހިލާފަށް، އެ ސަރަހައްދުގައި ފެހުރިހި ބެލުމުގައި ހަރަކާތްތެރިވާނަމަ، އެފަރާތްތަކާއިމެދު، އީޕީއޭއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

Advertisement

ސަމްޕާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދަކީ އަރި އަތޮޅު ދެކުނުބުރީ ރަންގަލި ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށު ގެ ފަރުގެ އުތުރުކަނާ ދޭތެރޭގައި ވާ ރަށްތަކުގެ ފަރުގެބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދެވެ.

މިސަރަހައްދަކީ، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ފެހުރިހިފެންނަ، އަދި މިސަރަހައްދުގެ ފަރުގެ މުއްސަނދިކަމާއި، ފަރުގައި ދިރިއުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. މި ސަރަހައްދު ވަނީ 11 ޖުލައި 2019 އިން ފެށިގެން، ސައުތު އަރި މެރިންޕާކް ސަރަހައްދު ކަމުގައި ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް