Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 11:32
ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ ކިލާހެއްގައި އެކަޑަމީގެ ރައީސް އަޝްރަފް ސެޝަނެއް ނަންގަވައިދެއްވަނީ
ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމުގެ ކިލާހެއްގައި އެކަޑަމީގެ ރައީސް އަޝްރަފް ސެޝަނެއް ނަންގަވައިދެއްވަނީ
ޓްވިޓަރ
ބަހަށް އިސްކަންދިނުމުގެ ގާނޫނު
ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ގާނޫނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 12 ވަނަ ދުވަހަށް
މިއީ ދިވެހި ބަހާ ގުޅިގެން ފާސްކުރެވޭ ފުރަތަމަ ގާނޫނު

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް އިޞްލާޙު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ޤާނޫނުގެ ވަކިވަކި މާއްދާތަކަށް ގެންނަން ފެންނަ އިޞްލާޙާއި މުޅި ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުގެ ޚިޔާލު ހުށަހެޅޭނަކަމަށް އެކަޑަމީން ބުނެއެވެ.

Advertisement

ދިވެހިބަހުގެ އެކަޑަމީން ބުނީ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަސް ކަމަށެވެ. އަދި އިޞްލާޙު ހުށައަޅަން ޝައުގުވެރިވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން އެކެޑަމީގެ އީ.މެއިލް[email protected]އަށް ލިޔުމުން ހުށައެޅުން ވަނީ އެދިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތްކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަންއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް