ކ. މާލެ
|
8 ފެބްރުއަރީ 2020 | ހޮނިހިރު 10:40
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބަކާ
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ބަކާ
މިހާރު
ގައުމީ ސްކޮޑް
ގިނަ ދުވަސްތަކަށްފަހު، ބަކާ ގައުމީ ޓީމަށް، ސައްޓު އަދި މެސީ އަށް ފުރުސަތެއް ނެތް
ސެގާޓް ނެގި ފުރަތަމަ ސްކޮޑުން ބަކާއަށް ޖާގަ ލިބުނު
އެފްއޭއެމްއިން ރަސްމީކޮށް ގައުމީ ސްކޮޑް މީޑިއަ ތަކާއި ހިއްސާކޮށްފައެއް ނުވޭ

ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާއި ދާދިފަހުން ހަވާލުވި މާޓިން ކޫޕްމަން ނެގި ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑުން ދުވަސްތަކަކަށްފަހު، މުހައްމަދު އާރިފް (ބަކާ) އަށް ފުރުސަތު ދިންއިރު ޓީސީ ސްޕޯޓްސް ކްލަބްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޝާން އިބްރާހީމް (ސައްޓު) އާއި އިސްމާއިލް އީސަ (މެސީ) އަށް ފުރުސަތު ނުދީ ސްކޮޑް އެކުލަވާލާފިއެވެ.

ގައުމީ ޓީމާއި ހަވާލުވުމަށްފަހު މީޑިއާގައި ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކޯޗު ކޫޕްމަން ބުނީ އުމުރު މުހިންމު ނޫން ކަމަށާއި، މޮޅަށް ކުޅޭނަމަ ކޮންމެ ކުޅުންތެރިޔަކަށްވެސް ގައުމީ ސްކޮޑުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ގައުމީ ސްކޮޑް ނަގާނީ ކުޅުންތެރިންގެ ޕާފޯމެންސްއަށް ބެލުމަށްފަހުގައި ކަމަށެވެ.

އެފްއޭއެމްއިން ރަސްމީކޮށް ގައުމީ ސްކޮޑް މީޑިއާތަކާއި ހިއްސާކޮށްފައި ނުވިނަމަވެސް، އެފްއޭއެމުން ވަނީ ރިލީޒް ބޭނުންވާ ކުޅުންތެރިން ކްލަބު ތަކަށް އަންގައިފައެވެ.

ބަކާގެ އިތުރުން ގައުމީ ސްކޮޑުން އަލަށް ޖާގަދިން ކުޅުންތެރިންނަކީ ޓީސީގެ އަހުމަދު ރިލްވާން (ބެން) އާއި އީގަލްސްގެ މިޑްފީލްޑަރ އިމްރާން ނަޝީދު (އިންމަ) ގެ އިތުރުން ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ އަހުނަފް ރަޝީދަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ޕީޓަރ ސެގާޓްގެ ފުރަތަމަ ސްކޮޑުން ވެސް ބަކާއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އުމުރު ދޮށިކަމަށް ބުނެ ފަހުން އޭނާ ވަނީ ސްކޮޑުން ބާކީ ކޮށްފައެވެ. ބަކާގެ އިތުރުން ބެން ވެސް ވަނީ މީގެ ކުރިން ގައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ. ނަމަވެސް ބެން އޭރު ގައުމީ ޓީމާއި ގުޅެވެން ނެތީ އާއިލީ ސަބަބަކާއި ހުރެ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ. ގައިމީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ހުރި އިރު ގައުމީ ސްކޮޑުގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅުނު އިންމަ އަށް ގައުމީ ސްކޮޑުން ޖާގަ ގެއްލުނީ ސެގާޓް ގައުމީ ޓީމާއި ހަވާލުވި ހިސާބުންނެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަނަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީމުގެ ފަރިތަކުރުންތައް އާދީއްތަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާއިރު، އަންނަ މަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ގައުމީ ޓީމު ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އަދި އަންނަ މަހު 31 ގައި ގައުމީ ޓީމު މާލޭގައި ސީރިއާއި ދެކޮޅަށް ނުކުންނަން ހަމަޖެހިފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ކޯޗުކަމާއި ހަވާލުވި ކޫޕްމަން އަށް ދިން އެއް ޓާގެޓަކީ އޭޝިއަން ކަޕުން ޖާގައެއް ހޯދުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
8 ފެބްރުއަރީ 2020 | ހޮނިހިރު 11:48
ޢިބޫބެ
ޢަދިވެސް ބަކާ ތަ؟ މިނޫންމީހަކު ނެތީތަ؟