Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 15:15
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު
ޔޫސުފް ސޮފްވާން ރަޝީދު
އެންވައިރަމެންޓް މިނިސްޓަރ
ކެމިކަލް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ބޭނުން: މިނިސްޓަރ
މަޝްރޫޢުގެ ސަބަބުން ރައްކާތެރި ގޮތުގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ
ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލެވޭނެ
ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއް

ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއްކަމަށާއި އެހެންކަމުން ނުރައްކާތެރި ކެމިކަލްތައް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މާލީ އެހީތެރިކަމާއެކު ކެމިކަލްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ މަޝްރޫޢުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތަކުގެ ތެރެއިން ރަނގަޅު ގޮތުގައި ކެމިކަލް މެނޭޖްކުރުމަކީ މިއަދު ނުހަނު ސަމާލުކަން ދޭން ޖެހިފަވާ ކަމެއްކަމަށެވެ. އެހެންކަމުން ނުރައްކާތެރި ކެމިކަލްތައް އަދި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ.

ރައްކާތެރި ގޮތުގައި ކެމިކަލްތައް ބޭނުންކުރުމާއި ކެމިކަލްތަކުގެ މެނޭޖްމަންޓް ހަރުދަނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، ވަރަށް ބޮޑު އަހުމިއްޔަތު ކަމެއް ދީގެން ކުރާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކެމިކަލްތައް މޭންޖްކުރުމަށް ޕޮލިސީ، ޕްލޭން އަދި ސްޓްރެޖީތައް އެކުލަވާލުމުށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ނުރައްކާތެރި ކެމިކަލްތަކުން އިންސާނުންނާއި ތިމާވެށި ރައްކާކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭކަމަށެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ޚާއްސަގޮތެއްގައި ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓސް (މާހައުލުގައި ގިނަ ދުވަހު ހަރުލާފަ ހުންނަ) އިންސާނުންގެ ސިއްހަތަށާއި ތިމާވއްޓަށް ގެއްލުންހުރި ކެމިކަލްސް ރައްކާތެރި ގޮތުގައި ނައްތާލުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި 1989 ކުރިން އުފައްދާފައިވާ ދިވެހިރާއްޖޭގައި ހުރިކަމަށް ފާހަގަކުރެވޭ 24 ޓަނުގެ ޕީސީބީ (ޕްލީކޮލޮރިނޭޓެޑް ބައިފީނައިލްސް) އެކުލެވޭ ކަރަންޓު ޚިދުމަތްދޭ ޓްރާންސްފޯމަރުތަކުގައި ހުރި ތެލާއި ޕީސީބީ ބޭނުންކޮށްފައި ހުރި ޓްރާންސްފޯމަރުތައް ރައްކާތެރި ގޮތުގައި ނައްތާލުމަށް ވަނީ ރާވަފައެވެ. 1970 އަހަރުން ފެށިގެން ޕީސީބީ އުފެއްދުން މުޅި ދުނިޔެއިން ވަނީ ހުއްޓާލާފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނުރައްކާތެރި ކެމިކަލްތައް ލޭބަލްކޮށް، ގުދަންކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށް ހަރުދަނާ ނިޒާމުތައް އެކުލަވާލައި، ކެމިކަލްތައް ރައްކާތެރި ގޮތުގައި ބޭނުންކުރުމާއި ،މެނޭޖްކޮށް، ކެމިކަލްތައް ދިވެހިރާއްޖެއަށް އެތެރެކުރުން ރެގިލޭއްޓްކުރުމަށް ޤާނޫނީ އޮނިގަޑެއް އެކުލަވާލުންވެސް ހިމެނެއެވެ. މި މަޝްރޫޢުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓަރު އަކީކޯ ފުޖީ އެވެ.

މި މަޝްރޫޢުގެ ސަބަބުން ރައްކާތެރި ގޮތުގައި ކެމިކަލްތަކާއި ނުރައްކާތެރި ކުނި މެނޭޖްކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް