Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 13:02
ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ރާއްޖެއެމްވީ
ޕްރެސެކިއުޓަރ ޖެނެރަލް
އަނިޔާވެރިވާ މީހުންނާ މެދު ފިޔަވަޅު އަޅައި އަމާންކަން ގާއިމުކޮށްދޭނަން: ޕީޖީ
އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނުދޭނަން: ޝަމީމް
އެންސީޓީސީން ވަނީ ހަރުކަށި ފިކުރުގެ މީހުން ދެނެގަންނާނެ ގޮތް ކަނޑައަޅާފައި
ފުލުހުން ވަނީ ހަ މީހަކު ހައްޔަރު ކޮށްފައި

އަނިޔާވެރިވެ، މީސްމީހުންނާ މެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމުކޮށްދޭނެ ކަމަށް ޕޮރެސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އެހެން ވިދާޅުވެފައިމިވަނި، ހުޅުމާލެގައި ފަތުރުވެރިންތަކަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހަރުކަށި ފިކުރުމީހުން ތަކެއް ހައްޔަރު ކޮށްފައިވަނި ކޮށެވެ. ފުލުހުން ބުނީ، ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށެވެ.

Advertisement

ބުރާސްފަތި ދުވަހު ޝަމީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާ ދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި ކަމެއްކަން ފާހަގަކުރައްވާފައެެވެ.

އަދި އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމަޢުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، ޖިިނާއީ އަދުލުގެ ނިޒާމުން، އެ މީސްމީހުންނާ މެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ޓެރަރިސްޓް ޖަމާއަތްތަކަށް ތާއިދުކޮށް އެ ޖަމާއަތްތަކުގެ ފިކުރު ކުރިއަރުވަން ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެފަދަ މީހުންނަކީ އާއްމު ރައްޔިތުންނާއި އެކަހެރިވެ ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔެކެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ބުނެފައިވާ ގޮތުން، ހަރުކަށި ފިކުރަކީ، ގާނޫނުއަސާސީގެ ރޫހާއި ގާނޫނީ ހަމަތަކާއި، އާންމު އިޖުތިމާއި އުސޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާއި ދެކޮޅަށް ވަކާލާތުކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި އިހާނެތިކޮށް ހިތުމުގެ ފިކުރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް