ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 08:19
ރެއާލް އަދި ސޮސައިދާދް ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް އަދި ސޮސައިދާދް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ކޮޕަ ޑެލް ރޭ
މެޑްރިޑް އަދި ބާސާއަށް ނާކާމިޔާބީ!
ރެއާލް ސޮސައިދާދް އަތުން ރެއާލް މެޑްރިޑް އަތްދަށުވީ 4-3 ގެ ނަތީޖާ އަކުން
އެތްލެޓިކް ބިލްބާއޯ އަދި ބާސާ ބައްދަލުކުރި މެޗު ބިލްބާއޯއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުން

ސްޕެނިޝް ކޮޕަ ޑެލްރޭގައި ސްޕެއިންގެ ގަދަ ދެ ބާރު، ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

10 ކުޅުންތެރިންނާއިއެކު ކުޅެމުންދިޔަ ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް ބަލިވީ 4-3 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ސޮސިއެޑާޑް އިން ވަނި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ޓްރާންސްފަރ މާކެޓްގައި ސޮސިއެޑާޑްއަށް ބަދަލުވި އޮޑެގާޑް އެވެ.

މި ލަނޑާއިއެކު ރެއާލުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ސޮސިއެޑާޑްގެ ގޯލަށް ވަނީ ފޮނުވައިލައިފައެވެ. ނަމަވެސް ސޮސިއެޑާޑްގެ ކީޕަރު ރޮމީރޯ ވަނީ ރެއާލުން ފޮނުވައިލި ގިނަ ހަމަލާތައް ހުށިޔާރު ކަމާއިއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ސޮސިއެޑާޑްއިން ވަނީ އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިޒެކް އެވެ. ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ މާސެލޯ އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ސޮސިއެޑާޑްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލް އަށް ޕްރެޝާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެރީނޯ އެވެ.

މި ލަނޑާއިއެކު ރެއާލުން ކުޅުން ރަނގަޅުކޮށްފައިވާއިރު އެޓީމުގެ ރޮޑްރިގޯ އަދި ނާޗޯގެ ލަނޑުން ނަތީޖާގެ ފަރަގު ވަނީ ކުޑަ ކޮށްފައެވެ.

ބާސެލޯނާ އަދި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ބިލްބައޯއިން ކާމިޔާބުކުރީ ފަހު ވަގުތު ބާސެލޯނާގެ ޑިފެންޑަރ ބުސްކުއެޓްސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މެޗުގެ ފަހު މިނެޓުގައި ބާސެލޯނާގެ ތަރި ލިއޮނެލް މެސީއަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

ބާސާ އަދި ރެއާލް މުބާރާތުން ކެޓުމާއިއެކު ވެގެންދާނީ 2010 ވަނަ އަހަރަށްފަހު ބާސާ އަދި ރެއާލް ނޫން ޓީމަކުން މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނެ ފުރަތަމަ ފަހަރަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާނެ ޓީމުތަކަކީ ވިލެރެއާލް، ވެލެންސިއާ، އެތްލެޓިކް ބިލްބާއޯ އަދި ރެއާލް ސޮސައިދާދް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް