Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 00:49
ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނަންގަވައިދެއްވަނީ
ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނަންގަވައިދެއްވަނީ
ފޮރިން މިނިސްޓްރީ
ކޮމަންވެލްތު
ކޮމަންވެލްތުގައި ރާއްޖޭގެ ދިދަ ނަގައިފި
ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެ
ދިދަ ނެގުން އޮތީ ފެބްރުއަރީ 6 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލުކޮށްދެއްވާނެ

ރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވުމާއި ގުޅިގެން ލަންޑަނުގެ މަލްބަރޯ ހައުސްގައި ރާއްޖޭގެ ދިދަ ނަގައިފިއެވެ.

ކޮމަންވެލްތު ސެކްރެޓެރިއޭޭޓްގައި ބުދަ ދުވަހު އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިދަ ނަންގަވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއެވެ.

Advertisement

ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮމަންވެލްތުގެ އާއިލާއާއި ރާއްޖެ އަލުން ގުޅުމުން އުފާވާ ކަމަށާއި، ކޮމަންވެލްތުގެ ޤައުމުތަކާއި ގުޅިގެން ރާއްޖެއިން ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެންބަރު އެހެން ޤައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވެގެންދާނެއެވެ.

ކޮމަންވެލްތުން ވަކިވުމަށްފަހު، އަލުން ރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް ވެފައިވަނީ 1 ފެބްރުއަރީ 2020 ގައެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ޚާރިޖީ ސިޔާސަތުގެ މުހިއްމު ވަޢުދުފުޅެކެވެ. އަލުން ކޮމަންވެލްތަށް ވަނުމަށް ދިވެހިރާއްޖެއިން ރަސްމީކޮށް ހުށަހަޅާފައިވަނީ 6 ޑިސެމްބަރު 2018 ވަނަ ދުވަހުއެވެ. އަދި ކޮމަންވެލްތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އޮގަސްޓް މަހު ރާއްޖެއަށް އެސެސްމަންޓް ޓީމުތަކެއް ފޮނުވިއިރު، އެޕްރީލް 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އިލެކްޝަން އޮބްޒާވަރ މިޝަންއެއްވެސް ރާއްޖެއަށް ފޮނުއްވިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ، މެދުހެންވޭރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ އާޒިމް މިނިސްޓަރ ޝާހިދުގެ އަރިހުގައި ލަންޑަނަށް ދަތުރުފުޅުކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް