Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2020 | ހުކުރު 08:17
މިނިސްޓަރު އިމްރާން އަދާލަތު ޕާޓީގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ
މިނިސްޓަރު އިމްރާން އަދާލަތު ޕާޓީގެ އިސްވެރިންނާއި ބައްދަލުކުރައްވަނީ
މުހައްމަދު ޝަރުހާން
ހޯމް މިނިސްޓަރު އިމްރާން
މަގާމުން އިސްތިއުފާ ދެއްވި ޝިދާތާ ތަރި ސީޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވޭ: މިނިސްޓަރު އިމްރާން
ޝިދާތާއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް
އެކަމަނާ ވެވަޑައިގެންފައިވާ ގުރުބާނީ ވަރަށް ވެސް ބޮޑު

ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެކަމަނާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން އަދި ގާތްވެސް ނުވާ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

އަދާލަތު ޕާޓީގެ ރައީސްކަމުގައި ހުންނެވި މިނިސްޓަރު އިމްރާން ޝިދާތާގެ ދިފާއުގައި ނުކުންނަވާ ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށްށެވެ. އަދާލަތު ޕާޓީއަށާއި ޚުދު އެމަނިކުފާނަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ ވަރަށް ވެސް ބޮޑު ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ އެއީ ގެއްލިގެންދާނެ ކަމެއް ނޫން ކަަމަށާއި ﷲ ގެ ވާގިފުޅާއެކު ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ މައިދާނުން އޮއްސެން އަދި ގާތްވެސް ނުވާ ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް މިނިސްޓަރު އިމްރާން ސިފަކުރެއްވިއެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިމިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޝިދާތާއަށް އާންމުންގެ ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، އެކަމަނާ ވިދާޅުވީ އިސްތިއުފާ ދެއްވީ އިހުމާލު އޮވެގެން ނޫން ކަމަށާއި، މަގާމުގައި ހުންނެވި އިރު، މިނިސްޓްރީން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް