ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 19:55
ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗެއްގެ ތެރެއިން
ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރި މެޗެއްގެ ތެރެއިން
ކުޅިވަރު ފައިލް
ޑިސެމްބަރު މަހު މެޗުތައް ނުކުޅެން ވަނީ ނިންމާފައި: ބައްސާމް
ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ކުރިއަށްދާތީ ގިނަ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

މިއަހަރުގެ ޑިސެމްބަރު މަހު މެޗުތައް ނުކުޅެން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު މުޅިން އަލަށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން ނިންމުމުން ގިނަ ކްލަބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބޮޑު ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު އެކި ރަށްރަށުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާއިރު، ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން މީގެ ކުރިންވެސް އަންނަނީ އެ މުބާރާތްތަކުގައި ކުޅެމުންނެވެ. މީގެ ކުރިން ޑިސެމްބަރު މަހަށް ލީގުގެ ކުޅުން ނިމިފައި އޮންނާތީއާއެކު، ގިނަ ކުޅުންތެރިން ޗުއްޓީ ހޭދަކުރުމުގެ ގޮތުން އެ މުބާރާތްތަކުގައި ވާދަކުރެއެވެ. ނަމަވެސް މިފަހަރުގެ ސީޒަނުގެ ކުޅުން ޑިސެމްބަރު މަހުވެސް ކުރިއަށްދިޔައިރު، ކްލަބުތަކަށް ކުޅުންތެރިން ހަމަކޮށްގެން ފަރިތަކުރުންތައްވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. އެއާއެކު ގިނަ ކްލަބުތަކުގެ ކޯޗުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެޓީވީގެ ކުޅިވަރުފައިލް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އަންނަ ސީޒަނުގައި ފޯމެޓު ހަދާއިރު ކުދިކުދި ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި، ޑިސެމްބަރު މަހު މެޗުތައް ނުކުޅެން ނިންމައިފައިވާ ކަމަށެވެ. އެގޮތަށް ބަދަލު ގެންނަން ނިންމީ ސްކޫލް ބަންދު ދުވަސް ވަރަކަށް ވާތީ އާއި ކުޅުންތެރިން އެ ކުޅުންތެރިންގެ އާއިލާއާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތަށް ނިންމާފައިވަނީ ގިނަ ކްލަބުތަކުގެ ތާއީދާ އެކުއެވެ.

މިދިޔަ އަހަރު މުޅިން އަލަށް ޖޫން މަހު ފުޓްބޯޅަ ސީޒަން ފެށިއިރު، ޒަމާނުއްސުރެ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަމުން އައީ ފެބްރުއަރީ ނުވަތަ މާޗު މަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް