Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 19:29
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޝިދާތާ ޝަރީފް
އިސްތިއުފާ ދިނީ އިހުމާލުއޮވެގެން ނޫން، ސިޔާސީ ކަންކަމުން އަދިވެސް ފެންނާނެ: ޝިދާތާ
މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވޭ
މިވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމުގައި ގަބޫލުކުރެވޭތީ އިސްތިއުފާދޭން ނިންމީ
މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެ ކަމާއި އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަހުގީގްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައިވެސް ހާމަވެގެންދާނެ

ޖެންޑަރ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވީ އިހުމާލު އޮވެގެން ނޫން ކަމަށާއި، މަޤާމުގައި ހުންނެވި އިރު، މިނިސްޓްރީން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާނެކަމަށް ޖެންޑަރ މިނިސްޓަރުކަމުން ބުރާސްފަތި ދުވަހު އިސްތިޢުފާ ދެއްވި ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރިދުވަހުން ފެށިގެން މިއަދާ ހަމަޔަށް އޭނާ މަސައްކަތް ކޮށްފައިވާނީ ލިބިފައިވާ އިލްމާއި ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖާގައި، ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުން އަރުވަމުންދިޔަ މަޝްވަރާއާއެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގުމަށް ކަމަށެވެ.

Advertisement

އަދި ބޮޑެތި ގޮންޖެހުންތަކާއެކުވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކުޑަކުދިންނާއި، އަންހެނުންނާއި، ޙާއްޞައެހީއަށް ބޭނުންވާ މީހުންގެ ޙާލަތު ރަގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ގިނަ ކާމިޔާބީތައް ހޯދިފައިވާކަމަށް ޝިދާތާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކުވެސް އެފަދަ ކަންކަމާ މީގެކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މަސައްކަތް ފެށިފައިވުމެވެ،
ޝިދާތާ ޝަރީފް

ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޞްރަޙުގައި އުފެދެމުންއަންނަ ނުތަނަވަސްކަމާއި، 17 ނޮވެންބަރު 2018 ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަޞްރަޙު އިންތިހާޔަށް ހަލަބޮލިވެ އިޖުތިމާޢީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުޞަތު ނުލިބި އޮތްއޮތުން ނިމުމަކަށްއައިސް، ކުރިން ހިނގަމުންއައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބި ހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ، ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މިވަގުތު އެންމެ މަޞްލަޙަތު ހުރިގޮތަކީ މަޤާމުން އިސްތިޢުފާ ދިނުންކަމުގައި ޤަބޫލުކުރެވޭތީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުން އިސްތިޢުފާ ދީފައިވާ ކަމަށެވެ.

ނަމަވެސް އެނިންމުން މިނިންމީ، މިދުވަސްވަރު ފެންމަތިވެފައިވާ އަދި ފެންމަތިވަމުން އަންނަ މައްސަލަތަކުގައި ޝިދާތާއާއި، އޭނާއާއެކު މަސައްކަތް ކުރެއްވި ޓީމުގެ އިހުމާލެއް ނުވާނެކަން، އެފަދަ އިހުމާލެއް ނެތްކަން އެކިއެކި ތަޙުޤީޤުތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ހޯދުންތަކުން ކުރިއަށް އޮތްތަނުގައިވެސް ހާމަވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމާވެސް އެކުގައި ކަމަށް ޝިދާތާ ވިދާޅުވިއެވެ.

އަޅުގަނޑު އުންމީދު ކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އަދި ފަށާފައިވާ މަސައްކަތްތަކާއެކު ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މި ވުޒާރާ ހިންގި، ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު އިތުރަށް ރަނގަޅުވުމެވެ. އަދި މިނިސްޓްރީއާމެދު ދައުލަތާއި ރައްޔިތުންގެ އިތުބާރު އިތުރުވެގެން ދިއުމެވެ،
ޝިދާތާ ޝަރީފް

ޝިދާތާ ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ބައިނަލްއަޤުވާމީ ފަރާތްތަކާއި އަދި އަމިއްލަ ވަކިވަކި ފަރުދުންގެ ފަރާތުން ލިބުނު އެއީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މިނިސްޓްރީގައި މަސައްކަތްކުރެއްވި މުވައްޒަފުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ބުރަމަސައްކަތް ފާހަގަކޮށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.

ޝިދާތާ ވަނީ މަޤާމުން އިސްތިޢުފާ ދިންކަމުގައި ވިޔަސް ވޭތުވެދިޔަ ދުވަސްތަކެކޭ އެއްގޮތަށް ސިޔާސީ ދާއިރާގައި ދިވެހި ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޕާޓީގެ ޢާންމު މެންބަރުންނާއެކު ދެމިހުންނާނެ ކަމަށާއި، އަދާލަތު ޕާޓީގެ ސްޓޭންޑާއެއްގޮތަށް ސަރުކާރު ހިންގާ ކޯލިޝަނާއި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ތާއީދު އޮތްކަން ޝިދާތާ ވަނީ އޭނާ ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
7 ފެބްރުއަރީ 2020 | ހުކުރު 18:45
ބޭބެ
1 އަރުވީއިރުހުށަހެޅިސިޓީގެޖަވާބުނުދެވިއިސްތިއު ފާދިނީ ނުވީ