Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 18:35
ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ޓްވިޓަރ
އެކްސިޑެންޓް
ހުޅުމާލޭގައި ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ތިން މީހުންނަށް ޓްރީޓޮޕުން ފަރުވާދީފައިވޭ
ސައިކަލް ދުއްވި ދެމީހުންގެ އަތުގައި ވެސް ލައިސެންސް ނެތް
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ހުޅުމާލޭގައި ދެސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ރަބަރުގަސް މަގުން ދުއްވާފައިދިޔަ ދެސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ މެންދުރު 13:45 އެހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއްސައިކަލު ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ. އަނެއް ސައިކަލު ދުއްވަން އިނީ ވެސް 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަކީ ޓްރެފިކް މައްސަލައެއްގައި މީގެ ކުރިން ލައިސެންސް ހިފަހައްޓާފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އޭނާ ސައިކަލް ދުއްވިއިރު އަތުގައި ލައިސެންސްއެއް ނެތް ކަމަށާއި، އެސައިކަލު ފަހަތުގައިި މީހަކު ވެސް އިން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Advertisement

ފުލުހުން ބުނީ މިއެކްސިޑެންޓުގައި ތިން މީހުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް