Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 18:33
ރައީސް ޞާލިޙު ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ
ރައީސް ޞާލިޙު ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސް ޞާލިޙު
މިގައުމުގައި އުޅޭ ދިވެހީންނާއި ބިދޭސީންގެ ރައްކާތެރިކަން ކަށަވަރުކުރާނަން: ރައީސް ޞާލިޙު
މިފަދަ އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ
ރައްކާތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް
އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވޭ

ދިވެހި ރައްޔިތުންނާއި، މިޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މިޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެން ހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ޙަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުކުރެއްވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހި ރައްޔިތުންނާއި، މިޤައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މިޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގެ ޞަރަޙައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ ޢަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަޙުޤީޤއއް ފުލުހުންކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ އެޙާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެމުންދާކަމާއި، އެ ތިން މީހުންގެ ޙާލު ރަނގަޅުކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވީ މިފަދަ ޙަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ޤައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ. މިޙާދިސާއާ ގުޅިގެން މިހާރު ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ޢަމަލުތަކާއިމެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގައި އެކަމަކާއިބެހޭ މަޢުލޫމާތު ކަމާއިބޭހޭ އިދާރާތަކާއި ހިއްސާކުރުމަށް ޢާންމުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި، މިފަދަ ނުރައްކާތެރި ޢަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް ޢަމަލަކަށް ރާއްޖެއިން ފުރުޞަތު ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ރައީސް ވަނީ އަރުވާފައެވެ. މީގެ އިތުރުން، މިފަދަ ޙާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މަޢުލޫމާތަށް މެނުވީ ބަރޯސާނުވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ރައީސް ޞާލިޙު ވިދާޅުވީ މިޙަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި، މިކަމާއި ގުޅިގެން ޢާންމުންނާއި ހިއްސާ ކުރަން ޖެހޭ މަޢުލޫމާތު ވަގުތުން ވަގުތައް ހިއްސާކުރަމުންދާ ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް