Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 16:04
މިނިސްޓަރ އަލީ ވަހީދު
މިނިސްޓަރ އަލީ ވަހީދު
ޔޫސުފް ސޮފްވާން ރަޝީދު
ކޮރޯނާ ވައިރަސް
ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދޭނެ
އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެ
ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދޭ
ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުންދަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންކަމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބުރާސްގަފތި ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ އެއާލައިންތަކުގެ ޕޮލިސީތަކަށް ގެނައި ބަދަލުތަކާގުޅިގެން މިވަގުތު ރާއްޖޭގައި ނުފުރިތިބި 11 ފަތުރުވެރިން މިރޭގެ ވަގުތެއްގައި ފުރުވާލެވޭނެކަމަށާއި މި ފަތުރުވެރިންގެ ހުރިހާކަމެއް ބަލަހައްޓަމުން ގެންދަނީ ސަރުކާރުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި އިންޑިއާގައި ކަރަންޓީނުކޮށްފައިވާ ދިވެހިންގެ ހާލަތުވެސް ސަރުކާރުން ބަލަމުން ގެންދާ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރގެ އިތުރުން އެޗް.ޕީ.އޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީޤު އަދި ކޮންސަލްޓަންޓެއްގެ ގޮތުގައި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގްލެން ސީ. ޝޯން ބައިވެރިވެ ވަޑައިގެންނެވިއެވެ. ގްލެން ސީ. ޝޯން އަކީ ކުއްލިހާލަތްތަކުގައި އަމަލުކުރާނެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަގައި އެހީތެރިވާ ކުންފުންޏެއް ކަމަށްވާ، ބޯޑްރޫމްގެ ބާނީއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ މިހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ލޮޅުންތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ އަދި ކުރިއަށް ކުރުމަށް ރާވާފައިވާ ބައެއްކަންކަން ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް