Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 15:51
ނައިބު ރައީސް ހިއްމަފުށީ ކައުންސިލަރުންނާއެކީ ބޭއްވި ބައްދަލުވުމުގެ ތެރެއިން
ނައިބު ރައީސް ހިއްމަފުށީ ކައުންސިލަރުންނާއެކީ ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އޮފީސް
ނައިބު ރައީސް ހިންމަފުށީ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވައިފި!
ށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތްދޭން ފެށުން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވޭ
ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކައުންސިލުން އެދޭގޮތުގެ ޕްލޭން ވަނީ ހިއްސާކޮށްފައި
ނައިބު ރައީސް ވަނީ އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން ހިންމަފުށީގައި އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފަ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ހިންމަފުށީ ކައުންސިލުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހިންމަފުށީ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ނައިބު ރައީސްއާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތްދޭން ފެށުން ލަސްވަމުންދާތީއާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކައުންސިލުން އެދޭގޮތުގެ ޕްލޭން ޙިއްޞާކުރެއްވުމުގެ އިތުރުން ސްކޫލަށް ޖާގައިތުރުކުރުމުގެ ގޮތުން ކައުންސިލުން އެދޭގޮތުގެ ޕްލޭން ކައުންސިލަރުން ވަނީ ނައިބު ރައީސް އާއި ހިއްސާކުރައްވާފައެވެ. މިކަންކަމުގެ އިތުރުން, ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ކަންބޮޑުވުން ހުރި އެހެން ބައެއްކަންކަމާ ބެހޭގޮތުން ވެސް ކައުންސިލަރުން ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement

ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި، އެކަމާބެހޭގޮތުން ކައުންސިލަރުން ޙިއްޞާކުރެއްވި ކަންބޮޑުވުންތައް އެފަރާތްތަކާ ޙިއްޞާކުރައްވައި އެމައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޞިއްހީމަރުކަޒުގެ ޚިދުމަތް ތަރައްޤީކޮށް ޖާގަ އިތުރުކުރުމާއި ސްކޫލަށް ޖާގައިތުރުކުރުމާ ގުޅޭގޮތުން ވެސް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން ހިންމަފުށީގައި އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް