ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 16:30
ދިރާގުގެ ހެޑް އޮފީސް
ދިރާގުގެ ހެޑް އޮފީސް
ދިރާގު
ދިރާގު
ހިއްސާގެ ފައިދާގެ ގޮތުގައި 912 މިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށައަޅަނީ
މި އަދަދުގެ ތެރޭގައި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުނު 314،640،000 މިލިއަން ރުފިޔާ ހިމެނޭ
މި ފައިސާ ފެބްރުއަރީ މަހުގެ ތެރޭގައި ހިއްސާދާރުންގެ މެދުގައި ބެހުމަށް ވަނީ ނިންމާފައި
ދިރާގަކީ ހިއްސާގެ ބާޒާރުގައި ރަޖިސްޓަރކުރެވިފައިވާ އެންމެ އަގުބޮޑު ކުންފުނި

ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 912،000،000 (ނުވަ ސަތޭކަ ބާރަ މިލިއަން) ރުފިޔާ ބަހަން ހުށައެޅުމަށް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މި ޢަދަދުގެ ތެރޭގައި ހިއްސާއަކަށް 4.14 ރުފިޔާގެ ގޮތުގައި 2019 ވަނަ އަހަރު، އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބެހުނު 314،640،000 (ތިން ސަތޭކަ 14 މިލިއަން ހަ ލައްކަ ސާޅީސާ ހާސް) ރުފިޔާ އާއި، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.86 ލާރީގެ މަގުން ބަހަން ހުށައަޅަން ނިންމާފައިވާ 597،360،000 (ފަސް ސަތޭކަ ނުވަދިހަ ހަތް މިލިއަން ތިން ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ހިމެނެއެވެ.

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބަހަން ކަނޑައަޅާފައިވާ ޢަދަދު ފާސްކުރަން ހުށައަޅަން ނިންމާފައިވަނީ، ކުރިޔަށް އޮތް އެ ކުންފުނީގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާގައެވެ. އަދި އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިސާ ބަހަން ނިންމާފައިވާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

ދިރާގުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގެ އެޖެންޑާ އަދި ނޯޓިސް މާރޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޝާއިއުކުރާނެއެވެ.

- ކޮމެންޓް