Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 12:53
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރާއްޖެއެމްވީ
ނޮވެލް ކޮރޯނާވައިރަސް
އިތުރަށް މޮނިޓަރ ކުރަމުންދަނީ ދެ މީހަކު، ޝައްކުކުރެވޭ އެއްވެސް ކަމެއް ނެތް!
އެކަހެރު ކޮށްފައިވަނީ ޗައިނާ އަށް ދަތުރުކުރި ދެ މީހުން
ރާއްޖޭގެ އެއްވެސް މީހަކު މިހާތަނަށް މި ބައްޔަށް ފޮޒިޓިވް ނުވޭ
އެކަހެރި ކުރީ ފަރުކޮޅު ފުށީގައި

ޗައިނާއަށް ދަތުރުކުރި ދެ ދިވެއްސަކު އިތުރަށް މޮނީޓަރކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަހާ ބެހޭގޮތުން މައުލޫމާތުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ދެމީހުން އެކަހެރިކޮށް ބައިތިއްބާފައިވަނީ މީހުން ކަރަންޓީނު ކުރާ ގޮތަށް ހަމަޖައްސާފައިވާ ފަރުކޮޅު ފުށީގައެވެ.

Advertisement

އެކަމަކު އެ މީހުންނަކީ އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ފެނިގެން އެކަހެރި ކޮށްފައިވާ ބައެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ ދެމީހުން ޗައިނާ އަށް ދަތުރުކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެމީހުން އެކަހެރި ކޮށްފައިވަނީ މި ހިނގާ މަހުގެ ތިންވަނަ ދުވަހު ނެރުނު ޓްރެވެލް އެޑްވައިޒަރީ އަށް ރިޔާއަތް ކޮށްފައިކަމަށެވެ.

އެއްވެސް ކަހަލ ސަސްޕެކްޓެއް ނުވަތަ އެކަހަލަ ގޮތަކަށެއް ނޫން. ހަމަ، ޓްރެވެލް އެޑްވައިޒަރީގައި ނެރެފައިއިން މިންގަނޑު ތެރޭގައި އަޅުގަނޑުމެން ބަލާތީވެ އެބޭފުޅުން ފަރުކޮޅުފުށީގައި ބޭތިއްބީ.
އަލީ ވަހީދު - ޓޫރިޒަމް މިނިސްޓަރު

ރާއްޖެއިން މިހާތަނަށް މިބަލި ފެނިފައިނުވިޔަސް ބައްޔަށް ޝައްކުވާ ބައެއް މީހުން ޓެސްޓްތަކެއް ވަނީ މީގެ ކުރިން ހަދާފައެވެ. އެކަމަކު އެއިން އެއްވެސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިނުވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮރޯނާ ވައިރަހަށް ޝައްކުވާ މިންގަނޑުތަކަށް ބަލަނީ ފާއިތުވެ ދިޔަ 14 ދުވަހު ޗައިނާ އަށް ދަތުރުކޮށްފައިވާ ފަރާތްތަކެވެ. މި ބަލީގެ މައި މަރުކަޒު ކަމުގައިވާ ވޫހަން ގައި ތިބި ދިވެހިންގެ ތެރެއިން ހަތް ދިވެހިން ވަނީ، އިންޑިއާގެ ސަރުކާރުގެ އެހީއާއި އެކު އިންޑިއާގައި ކަރަންޓީނު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް