Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 09:12
އާއްމު ރައްޔިތުންގެ ޕާޓީ އުފެއްދުމަށް ހުއްދަ ދޫކޮށްފައިވަނީ ބުދަ ދުވަހު
އާއްމު ރައްޔިތުންގެ ޕާޓީ އުފެއްދުމަށް ހުއްދަ ދޫކޮށްފައިވަނީ ބުދަ ދުވަހު
އިލެކްޝަންސް ކޮމިޝަން
އިލެކްޝަން ކޮމިޝަން
''އާއްމު ރައްޔިތުންގެ ޕާޓީ'' އުފެއްދުމުގެ ހުއްދަ ދީފި
ތިން މަސް ތެރޭގައި 3000 މެމްބަރުން ހަމަކުރަން ޖެހޭ
އީސީގެ ދަފްތަރުގައި 10 ޕާޓީއެއް އޮވޭ
މިއީ މި އަހަރު ހުއްދަ ދޫކުރު ފުރަތަމަ ޕާޓީ

''އާއްމު ރައްޔިތުންގެ ޕާޓީ''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން އެ ހުއްދަ ދޫކޮށްފައިވަނީ، ސ. ހިތަދޫ، ކަނަދޫގެ އަހުމަދު ސައީދުއަށެވެ. އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިނުމާ އެކު، 3،000 މެމްބަރުން ހަމަކުރަން ޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަސް ލިބެއެވެ.

Advertisement

އިލެކްޝަން ކޮމިޝަންގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އެއް ޕާޓީއަކަށް އެންމެ ގިނަ މެމްބަރުން ރަޖިސްޓްރީ ވެފައިވަނީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގައެވެ. އީސީގައި 10 ޕާޓީއެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެއީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، އަދާލަތު ޕާޓީ (އޭޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަދި މޯލްޑިވްސް ރިފޯމް ޕާޓީ (އެމްއާރްއެމް)ގެ އިތުރުން ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް