Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 07:54
ހަމަލާދިންކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުން ހައްޔަރު ކުރަން ގެންދަނީ
ހަމަލާދިންކަމަށް ޝައްކުކުރެވޭ މީހަކު ފުލުހުން ހައްޔަރު ކުރަން ގެންދަނީ
ރާއްޖެއެމްވީ
ފަތުރުވެރިންތަކަކަށް ހަމަލާދިނުން
ހުޅުމާލޭގައި ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުގެ ރޭ
ހަމަލާގެ ޒިންމާ ނަގާ ބަޔެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން
ހަމަލާދިނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ޝައްކުކުރެވޭ: ފުލުހުން

ތިން ފަތުރުވެރިއަކަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސައިކަލުތަކެއްގައި އައި ބަޔަކު ވަނީ ތިން ފަތުރުވެރިއަކަށް ތޫނު ހަތިޔާރަކުން ހަމަލާދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާއަށް ނިސްބަތްވާ ދެ ފަތުރުވެރިއަކާއި އޮސްޓްރޭލިއާގެ ފަތުރުވެރިއެކެވެ. މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ހަރުކަށި ފިކުރުގެ ބަޔަކު ދިން ހަމަލާއެއް ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެފައެވެ. އަދި އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އޭގެއިތުރުން، މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ހަމަލާގެ ޒިންމާ ނަގާ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އެމީހުން ވަނީ ފަތުރުވެރިންނަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
6 ފެބްރުއަރީ 2020 | ބުރާސްފަތި 12:30
ރާބެ
ރާޢްޖޭގަ އުޅޭ ލޭބަރުންވެސް އެއީ ފަތުރު ވެރިންބާ ނޫނީ ހަމުގެ ކުލަ ދޮންވީމަ ފަތުރު ވެރިއަކަށް ވަނީބަ