Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 08:22
ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ
ރައީސް އޮފީސް
ހޯމް މިނިސްޓަރު އިމްރާން
ރާއްޖޭގެ ދާހިލީ ސަލާމަތާއީ ރައްކާތެރިކަމަށް ގޮންޖެހުމުގެ ފުރުސަތު ނުދޭނަން: މިނިސްޓަރު އިމްރާން
ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ
ތިން ފަތުރުވެރިއަކަށް ހަމަލާދިންކަމުގެ ޒިންމާ ވަނީ ނަގާފައި

ރާއްޖޭގެ ދާހިލީ ސަލާމަތާއީ ރައްކާތެރިކަމަށް ގޮންޖަހާލުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 ފަތުރުވެރިޔަކަށް ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު، އެހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އުފުލާފައިވާ ވީޑިއޯ އާންމުކޮށްފައިވާ ދަނޑުވަޅެއްގައެވެ. އަދި މި ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Advertisement

މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ދާހިލީ ސަލާމަތާއީ ރައްކާތެރިކަމަށް ނުރައްކާކޮށް ގޮންޖަހާލުމުގެ ފުރުސަތު މާތްﷲގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިނދޭސީންނާއި އަދި ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.

ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު ފެތުރިފައިވާތީ އެކަން ހުއްޓުމަށް ފުލުހުންދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް