Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 02:48
ހއ. ހޯރަފުށީގެ ބިންގަނޑު ކަނޑައިގެންގޮސްފައި
ހއ. ހޯރަފުށީގެ ބިންގަނޑު ކަނޑައިގެންގޮސްފައި
ރާއްޖެ އެމްވީ
ބިންގަނޑަށް ލޮޅުން އެރުން
އުތުރުގެ ބައެއް އަތޮޅުތަކުގެ ބިންގަނޑަށް ލޮޅުމެއް އަރައިފި، މެޓުން ބުނީ ނުރައްކަލެއް ނެތް ކަމަށް!
ބުދަ ދުވަހުގެރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ވަނީ ރިކޯޑްކުރެވިފައި
ބިންގަނޑު ވަރަށް ބޮޑަށް ތެޅިގަތް ކަމަށް ހޯރަފުށީ ކައުންސިލުން ބުނޭ

އުތުރުގެ ބައެއް އަތޮޅުތަކުގެ ބިންގަނޑަށް އެރި ލޮޅުމުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުގައި ހަނިމާދޫގައި ގާއިމްކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭގެ ގަނޑިން ބުދަ ދުވަހުގެރޭ ދަންވަރު 1:47 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިކޯޑްކުރެވިފައިވާ ކަމަށް މެޓުން އޮފީހުން ބުންޏެވެ. މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ލަފައެއް ނުކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

Advertisement

ހއ. ހޯރަފުށީގެ ކައުންސިލް މެމްބަރު އަހުމަދު އިމްދާހް ރާއްޖެއެމްވީއަށް ވިދާޅުވީ ބުދަ ދުވަހުގެރޭ 1:45 ހާއިރު ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނުކުތީ ބިންގަނޑު ވަރަށް ބޮޑަށް ތެޅިގަތުމުން ކަމަށެވެ.

އަޅުގަނޑަށް ވެސް ހޭލެވުނީ ގެ ތެޅިގަތް ބާރުކަމުން. ވަރަށް ބޮޑު ގުޑުމެއް އަރާގެން ދިޔައީ. ވަރަށް ގިނަ ބަޔަކު އެބަތިބި މަގުމައްޗަށް ނުކުމެ މިހާރު.
ކައުންސިލް މެމްބަރު އިމްދާހް

އިމްދާހް ވިދާޅުވީ ބިންގަނޑަށް މިއެރި ލޮޅުންގަނޑުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އަދި ގެދޮރަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް