ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 23:06
އެޓަރނީ ޖެނެރަލް އޮފީސް
އެޓަރނީ ޖެނެރަލް އޮފީސް
އޭޖީ އޮފީސް
ކުޑަކުދިންނަށް އިހުމާލުވުން
ނުރައްކަލަށް ހުށައެޅިފައިވާ ހަ އަހަރުގެ ކުއްޖަކު ދައުލަތަށް ނެގުމަށް ވަގުތީ އަމުރެއް ނެރެދީފި
އެ ކުއްޖާގެ މައްސަލަ ކޯޓަށް ހުށައެޅީ ބުދަ ދުވަހު
އޭޖީ އޮފީހުން އެދުނީ އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިދިނުމަށް
ދައުލަތުން ކޯޓަށް ހުށައެޅީ އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމަށް

ހަ އަހަރުގެ ކުއްޖަކަށް އާއިލާއިން އިހުމާލުވަމުންދާ މައްސަލައިގައި އެ ކުއްޖާ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމަށް އޭޖީ އޮފީހުން ހުށައެޅުމުން، 24 ގަޑިއިރު ތެރޭގައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރެއް ނެރެދީފިއެވެ.

އޭޖީ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ، ފުލުހުންގެ އަމުރު ތަންފީޒުކުރަން ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައެވެ. އޭޖީ އޮފީހުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ ބުދަ ދުވަހުއެވެ.

ދައުލަތަށް އެ ކުއްޖާ ނެގުމަށް އޭޖީ އޮފީހުން ހުށައެޅީ، އެ ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީއެވެ. އަދި އޭޖީ އޮފީހުން މައްސަލަ ހުށައެޅީ އަވަސް މައްސަލައެއްގެ ގޮތުގައި ފެމިލީ ކޯޓުން އެ މައްސަލަ ބަލައިދިނުމަށް އެދިއެވެ. އަދި ދައުލަތުގެ އެދުމާ އެއްގޮތަށް، ކޯޓުން ވަނީ މައްސަލަ ބުދަ ދުވަހަށް ތާވަލުކޮށްފައެވެ.

މީގެ ކުރިން ނެރުނު އަމުރަކާއި ގުޅިގެން އެ ކުއްޖާގެ މާމައާ ހަވާލުކުރަން ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން އުޅުމުން، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ މ. މުލަކުގައެވެ. ކުއްޖާގެ މާމައާއި ހަވާލުކުރަން އަމުރު ނެރެދީފައިވަނީ ތިމަރަފުށީ ކޯޓުންނެވެ.

- ކޮމެންޓް