ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 23:04
ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ޖަލު ބަލަހައްޓާ އޮފިސަރުންތަކަކާއި އެކު
ކޮމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު ޖަލު ބަލަހައްޓާ އޮފިސަރުންތަކަކާއި އެކު
ކަރެކްޝަންސް
ފަލަ ސުރުހީ
ކަރެކްޝަންސް އަށް ބޭނުންވަނީ ފަންނީ ގާބިލު މުވައްޒަފުން: ކޮމިޝަނަރ އޮފް ޕްރިޒަންސް
މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައި
އަހުމަދު މުހައްމަދުފުޅު މަގާމަށް އައްޔަން ކުރެއްވީ މުނާޒު ވަކި ކުރުމާއި ގުޅިގެން
އެކަށީގެންވާ ވަރަށް އޮފިސަރުންނެތް ނެތް: އަހަމަދު މުހައްމަދުފުޅު

ޖަލުތައް ބަލަހައްޓަން ބޭނުންވަނީ ފަންނީ އަދި ގާބިލު މުވައްޒަފުން ކަމަށް ޖަލުތަކުގެ އިސްވެރިޔާ އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ކަރެކްޝަންސް އަށް މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައެވެ. މިއީ މި ސަރުކާރު އައުމަށް ފަހު މުވައްޒަފުން ހޯދަން އިއުލާންކުރި ތިންވަނަ ފަހަރެެވެ. މި ފަހަރު ހޯދަނީ 60 އޮފިސަރުންނެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ކަރެކްޝަންސްގެ ވަޒީފާ އަށް އައްޔަންކުރާ އޮފިސަރުންނަކީ އެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ތިބި ބަޔަކަށްވުން މުހިއްމު ކަމަށެވެ. އަދި އެ އޮފިސަރުންނަކީ ގައިދީންގެ ކަންތައްތައް ރަނގަޅަށް އެނގޭ ބަޔަކަށްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިސާލަކަށް ބުނާނަމަ ކައުންސިލަރުން ސޯޝަލް ވޯކަރުން، ސައިކޮލޮޖީ ބެކްގްރައުންޑުގެ މީހުން. ގައިދީންނާ އެކު މަސައްކަތް ކުރެވޭނެ އެ ފަންނު އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަން އެބަ ޖެހޭ
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

އޭނާ ވިދާޅުވީ، ކޮލެޖްތަކާ މަޝްވަރާ ކޮށްގެން ޖަލު ބަލަހައްޓަން ގާބިލު މީހުން، އޮފިސަރުންގެ ގޮތުގައި ގެނައުމަށް މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށެވެ.

ގައިދީން ބައެއް ފަހަރު ފިލައިގެންދާ ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑު އިވޭއެވެ. އެކަމާއި ގުޅޭ ގޮތުން އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ގައިދީންގެ ގޮތުގައި ގެންނަ މީހުން އިތުރުވަމުންދާ އަދަދަށް ޕްރިޒަންސް އޮފިސަރުން ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައިދީން އެއްތަނުން އަނެއް ތަނަށް ގެންދެވޭ ވަރަށް އޮފިސަރުންނެއް ޖަލަކު ނެތެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓަށް އަލިއަޅުއްވައިލައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ''ސްޓްރެޓެޖިކް ޕްލޭން'' އެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އަހުމަދު މުހައްމަދުފުޅު ޕްރިޒަނަރ އޮފް ކޮމިޝަންގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. މުނާޒް މަގާމުން ވަކިކޮށްފައިވަނީ، ދާދި ފަހުން ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން މުނާޒަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށްެވެ.

އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުނާޒް ނުކުޅެދިފައިވާކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާއިތުވި ދުވަސްތަކުގައި މުނާޒާއި ދެކޮޅަށް އަޑުއުފުލާފައެވެ. މަގާމުން ވަކިކުރުމުން މުނާޒް ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވައި ސަރުކާރަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވަމުންނެވެ.

- ކޮމެންޓް