Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 18:48
ޤައުމީ އިނާމު ކޮމިޓީގެ ބޯޑުގެ ޗެއަރމަން ނ.އ.އ.ވ އަނީސާ އަހުމަދު ވާހަކަދައްކަވަނީ
ޤައުމީ އިނާމު ކޮމިޓީގެ ބޯޑުގެ ޗެއަރމަން ނ.އ.އ.ވ އަނީސާ އަހުމަދު ވާހަކަދައްކަވަނީ
ރައީސް އޮފީސް
އަހުމަދު ހިޝާން
ހިޝާނަށް ގައުމީ އިނާމު ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތްކަން ކަށަވަރު ކުރުމަށްފަހު: ގައުމީ އިނާމު ކޮމެޓީ
ޤައުމީ އިނާމު ދޭ އުސޫލު ސަރުކާރުގެ ގެޒެޓްގައި ކޮންމެ އަހަރަކުވެސް ޝާއިއު ކުރޭ
ޤައުމީ އިނާމަށް ހުށައަޅާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރައްވާ
ކޮމިޓީން ބަލާ އުސޫލުތަކާއި މިންގަނޑުތައް ގޯސް ނޫންކަން ފާހަގަކުރެއްވި

ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަހުމަދު ހިޝާންއަށް ޤައުމީ އިނާމު ދީފައިވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތްކަން ކަށަވަރު ކުރުމަށްފަހު ކަމަށް ޤައުމީ އިނާމު ކޮމިޓީން ބުނެފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ ބޯޑުގެ ޗެއަރމަން، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާ (ނ.އ.އ.ވ) އަނީސާ އަހުމަދު ވިދާޅުވީ، ޤައުމީ އިނާމުދޭ އުސޫލު ސަރުކާރުގެ ގެޒެޓްގައި ކޮންމެ އަހަރަކުވެސް ޝާއިއު ކުރައްވާ ކަމަށާއި، އެ އުސޫލުގެ ދަށުން ޤައުމީ އިނާމަށް ހުށައަޅާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރައްވާ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރު ހިޝާނަށް ގައުމީ އިނާމް ދޭން ނިންމީ އޭރު އޭނާގެ ކުށުގެ ރެކޯޑެއް، އަދި ތުހުމަތު ކުރެވޭ ކަމެއްވެސް ނެތް ކަމަށް ކަމާބެހޭ މުއައްސަސާތަކުން ކޮމިޓީއަށް އެންގުމުން ކަމަށްވެސް އަނީސާ ވިދާޅުވިއެވެ. އަދި ކުރީގެ ރެކޯޑެއް އޮތް ނަމަވެސް ބައެއް ފަރާތްތަކަށް އިނާމު ނުލިބި ގޮސްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކޮމިޓީން ބަލާ އުސޫލުތަކާއި މިންގަނޑުތައް ގޯސް ނޫންކަން ފާހަގަކުރައްވައި އަނީސާ އިތުރަށް ވިދާޅުވީ، ހިޝާންއަށް ޤައުމީ އިނާމު ދީފައިވަނީވެސް އެގޮތުގެ މަތިން ކަމަށެވެ.

Advertisement

އަނީސާ ވިދާޅުވީ، ޤައުމީ އިނާމު އަނބުރާ ނެގޭނެ ހާލާތްތަކެއް ހުންނަ ކަމަށާއި، ނަމަވެސް އެކަށީގެންވާ ޝައްކެއް ނެތި ނުވަތަ ޝަރީއަތުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރަނީސް ކޮމިޓީއަށް ވަކި ތަހުޤީޤެއް އެކަންކަމުގެ މައްޗަށް ހިންގުމުގެ ބާރު ލިބިފައި ނޯންނަކަމަށެވެ. ނަމަވެސް ކުށެއް ސާބިތުވުމުން ގައުމީ އިނާމް ނިގުޅައި ގަންނަންޖެހޭކަން ކޮމިޓީއަށް ފެނިއްޖެނަމަ ތަފްސީލާއެކު އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ ބާރު ކޮމިޓީއަށް ލިބިގެންވާ ކަމަށްވެސް އަނީސާ ވިދާޅުވިއެވެ. އަދި ހިޝާންގެ މައްޗަށްވެސް އެފަދައިން ކުށެއް ސާބިތުވެއްޖެ ނަމަ އޮންނަ އުސޫލުގެ ދަށުން ކަންކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ހިޝާން ގ. ނީރުވީކް، އަށް 2014 ވަނަ އަހަރު އިޖްތިމާއީ ޚިދްމަތުގެ ދާއިރާއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް