Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 15:49
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ
ހެންވޭރު ހުޅަނގު ދާއިރާގެ ޕްރައިމަރީ މައްސަލަ ހޫނުވެ، ވޯޓު ކަރުދާސްތައް މަގުމައްޗަށް އުކާލައިފި
ވޮޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައި
ވޯޓު ފޮއްޓާއެކު ވޯޓު ކަރުދާސްތައް މަގުމައްޗަށް އުކާލީ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކެއް
އެންމެ ކެނޑިޑޭޓަކު ފިޔަވައި އެހެން ކެނޑިޑޭޓުން ވަނީ ވޯޓު ގުނަން ދެކޮޅުހަދާފަ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ފޮށީގެ މައްސަލަ ހޫނުވެ، ވޯޓު ކަރުދާސްތައް މަގުމައްޗަށް އުކާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރައިމަރީގައި ވާދަކުރި ފަސް ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކެނޑިޑޭޓެއް ފިޔަވައި ދެންތިބި ކެނޑިޑޭޓުން ވަނީ ވޯޓު ގުނަން ދެކޮޅު ހަދާފައެވެ. އަދި ވޮޓު ފޮށި ގުނަން އުޅުން ވަގުތު އެ ކެނޑިޑޭޓުންނަށް ތާއީދުކުރައްވާ ފަރާތްތަކުން ވަނީ ވޯޓު ފޮށި ނަގައިގެން ގޮސް މަގުމައްޗަށް އުކާލާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދިން އިންޓަރވިއުއެއްގައި އެމްޑީޕީގެ އިންތިޚާބީ ކޮމެޓީގެ ނައިބު މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ވިދާޅުވީ، އެ ވޯޓު ފޮށި ގުނިފައި ނުވަނީ ޕްރައިމަރީއަށްފަހު ވޯޓު ފޮށި ގުނި ވަގުތުގައި ބާތިލު ވޯޓުތަކާއި ގުޅިގެން އޮފިޝަލުންގެ މެދުގައި ދެބަސްވުންތައް އުފެދުމުގެ ސަބަބުން ކަމަށެވެ. އަދި ވޯޓު ފޮށި ގުނުމަށް ކެނޑިޑޭޓުންނަށް ދައުވަތުދީ ބުދަ ދުވަހު ވޯޓު ފޮށި ގުނުމަށް މަސައްކަތް ކުރި ނަމަވެސް ހަމަނުޖެހުން ބޮޑުވެ ވޯޓު ކަރުދާސްތައް ވަނީ މަގުމަައްޗަށް އުކާލާފައެވެ.

Advertisement

މުއިއްޒު ވިދާޅުވީ، މި ހިނގާ ދިޔަ ކަންކަމާއި ގުޅިގެން ޕާޓީން އަޅާނެ ފިޔަވަޅަކާމެދު އިތުރަށް މަޝްވަރާ ކުރުމަށްފަހު ފަހުން ގޮތެއް އަންގަވާނެ ކަމަށެވެ.

ހެންވޭރު ހުޅަނގުގެ ކައުންސިލަށް އެމްޑީޕީ ޕްރައިމަރީގައި 5 މެމްބަރުން ކުރިމަތިލައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 4 ކެނޑިޑޭޓުންނާއި އަންހެން ކެނޑިޑޭޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް